ސަރުކާރުގެ ވަފުދުތަކުން ބޭރުގައުމުތަކަށް ކުރާ ދަތުރުތަކުގެ އެއްވެސް ނަތީޖާ އެއް މިހާތަނަށް ފެނިފައިނުވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ދީދީ މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ސަރުކާރުގެ ވަފުދުތަށް ބޭރުގައުމުތަކަށް ކުރަށްވާ ދަތުރުތަކަށްފަހު ރާއްޖެެއަށް ވަޑައިގެން ގައުމުތަކުން ވަކި ކަމެއް ކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށް ހާމަކުރަމުންދިޔަ ނަމަވެސް އެއީ ހަގީގަތެއް ނެތްވާހަކަތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދި ސަރުކާރުގެ ވަފުދުތަކުން ގަައުމުތަކަށް ވަޑަައިގެން ދައްކަވާ ވާހަކަތަކާއި ރާއްޖެ ވަޑައިގެން ދައްކަވާ ވާހަކަތަކުގައި ވެސް ތަފާތު އެބަހުރި ކަމަށާއި ފޯރުކޮށްދޭ އެހީތަކާއި ގުޅޭ ގޮތުން ދައްކާ ވާހަކަ ދިމާނުވާ ކަމަށް ވެސް ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިޔާ އާއި ރާއްޖޭގެ ގުޅުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ، ސަރުކާރުން އިންޑިޔާއަށް ގޮސް ދައްކާ މަންޒަރާއި ރާއްޖެއަށް އައިސް ރައްޔިތުންނަށް ދައްކާ މަންޒަރު ތަފާތު ކަމަށެވެ.
އެގޮތުން ދިވެހި ސަރުކާރާއި އިންޑިޔާ އާއި ދެމެދުގައި ކުރާ މުއާމަލާތްތަކުގައި ދެގައުމުގެ ބަސްމަގު ތަފާތު ކަމަށް ވެސް ދީދީ ވިދާޅުވިއެވެ.
ދީދީ މިފަދައިން އިޝާރާތް ކުރައްވާފައި އެވަނީ އިކޮނޮމިކް މިނިސްޓާރ ސައީދު އިންޑިޔާ އިން އެފްޓީއައި އެއްބަސްވުން ހަދަން ބޭނުންކަމަށް ބުނެ އިތުރުފުޅު ހެއްދެވުމުގެ ސަބަބުންނެވެ.