March 11, 2026
Advertisement
އިޔާޒު ސަރުކާރާއި ދެކޮޅަށް ތެދުވެއްޖެ
އިޔާޒު ސަރުކާރާއި ދެކޮޅަށް ތެދުވެއްޖެ / ސޯޝަލް މީޑިއާ

އިޔާޒު ސަރުކާރާއި ދެކޮޅަށް ތެދުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Jun 7, 2024, 08:01 PM
މާލެ ސިޓީ

ސަރުކާރުގެ ޚަރަދުގައި 50 މީހުން ހައްޖަށް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމެވުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑިކިޔުން މިކަމަށް އަމާޒުވެއްޖެއެވެ. މި 50 މީހުން ފޮނުވަނީ އިސްލާމިކް މިނިސްޓްރީގެ ރިޒާވް ކޯޓާގެ ތެރެއިން ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. ރިޒާވް ކޮށްފައިވާ މި ކޯޓާއަކީ ޚާއްސަ ހާލަތްތަކުގައި މީހުން ފޮނުވުމަށް ކަނޑައަޅާފައިވާ ކޯޓާތަކެއްކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

Advertisement

މިކަމާއި ގުޅިގެން ޝެއިޚް ޑރ މުހައްމަދު އިޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓްއެއްގައި ބުނެފައިވަނީ ހައްޖުގެ އަޅުކަމަކީ އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހާ ކުރަންޖެހޭ އަޅުކަމެއް ކަމުގައެވެ. އަދި ނިކަމެތިން ހައްޖަށް ފޮނުވުމަށް ގައުމުގެ ބައިތުލްމާލުން ނުވަތަ ޒަކާތު ފަންޑުން ޚަރަދުކޮށްގެން ނުވާނެ ކަމަށްވެސް އިޔާޒު ބުނެފައިވެއެވެ.

މީގެ އިތުރުން، ތަނަވަސްކަން ހުރި ފަރާތްތަކުން ހެޔޮހިތުން އެމީހެއްގެ ޚަރަދުގައި ހައްޖަށް ނުވަތަ އުމްރާއަށް ފޮނުވުމަކީ މައްސަލައެއް ނޫން ކަމަށް އިޔާޒުގެ ޕޯސްޓްގައިވެއެވެ.

ސަރުކާރުން މިގޮތަށް އަމަލުކުރުމުން ގެއްލިގެން ދަނީ ގިނަ ފަރާތްތަކެއްގެ ހައްގު ކަމަށާއި، ފައިސާ ހަމަޔަށް ދައްކާފައިވާ ފަރާތްތަކަށްވެސް މިހެންވުމުގެ ސަބަބުން ހައްޖަށް ދިޔުމުގެ ފިރުސަތު ހަނި ވަމުންދާ ކަމަށް ބުނެ އާންމުންވެސް ދަނީ ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކުރަމުންނެވެ.

ޒަކާތު ފަންޑުންވެސް ސިޔާސީ މަންފާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގާފާވާކަމަށް އަޑު ފެތުރިފައިވާއިރު، ހައްޖުފަދަ މާތް އަޅުކަންތަކުން ކޮރަޕްޝަން ހިންގުމަށް މަގުފަހިކުރުމަކީ ސަރުކާރުން އަޅާ ވަރަށް ފިނޑި ފިޔަވަޅެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved