April 15, 2026
Advertisement
އަލިފާނުގެ ހާދިސާ ހިނގި ގޭގެ އޭސީ ޔުނިޓް
އަލިފާނުގެ ހާދިސާ ހިނގި ގޭގެ އޭސީ ޔުނިޓް / އެމްއެންޑީއެފް

މާލޭ ގެއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

Aishath Naja
އައިޝަތު ނަޖާ
Jan 20, 2024, 09:59 PM
ފަލަސްޠީން

މާފަންނު ގެއެއްގެ އޭސީ އިންޑޯ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Advertisement

އެމްއެންޑީއެފްއިން މައުލޫމާތު ދެމުން ބުނީ މާފަންނު ޕަރުވާނާގެއިން ދުން އަރާކަމުގެ މައުލޫމާތު ރިޕޯޓުކުރީ ހޮނިހިރު ދުވަހު 14:14 ހާއިރު ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެެއްގައި ހަރުކޮށްފައިހުރި އޭސީ އިންޑޯ ޔުނިޓެއްގައި އަލިފާން ރޯވެފައި ހުރި ކަމަށާއި 14:30 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގައި އޭސީ އިންޑޯ ޔުނިޓް އަނދައި އެޕާޓްމަންޓްގައި ހަރުކޮށްފައިހުރި ފަންކާއަކާއި ލައިޓުތަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved