March 11, 2026
Advertisement
އެއާޕޯޓް ރަންވޭ
އެއާޕޯޓް ރަންވޭ / ސޯޝަލް މީޑިއާ

މިއަދު ހޫނުމިން އެންމެ މަތިން އިހްސާސްކުރެވެނީ ހުޅުލެއަށް!

Aishath Naja
އައިޝަތު ނަޖާ
Jun 8, 2024, 10:49 PM
މާލެ ސިޓީ

މިއަދު އިހްސާސްކުރެވޭ ހޫނުމިން އެންމެ މަތީ ހުޅުލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

Advertisement

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހްސާސް ކުރެވޭ ހޫނުމިން މިއަދު އުޅެނީ 40 އަށް ވުރެ މަތީގައިކަމަށް މެޓުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މިއަދު ހެނދުނު 11:00 އާ ހަމައަށް އެ އިދާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އިހުސާސްކުރެވޭ ހޫނުމިން ހުޅުލެއަށް ހުރީ 42.9 ގައެވެ.

ގދ ކާޑެއްދޫއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 31.2 ގައެވެ. އަދި ކައްދޫއަށް 41.2 ގައި ހުރިއިރު، ހަނިމާދޫއަށް އިހްސާސްކުރެވޭ ހޫނިމިން ހުރީ 40.5 ގައެވެ.

މިއަދު މެޓުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

އޭގެއިތުރުން ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved