ޒަކާތް ދައްކަނީ / ސަން އޮންލައިން
ހަބަރު
މުދަލު ޒަކާތުގެ ގޮތުގައި 89.5 މިލިއަން ރުފިޔާ ލިބިފައިވާކަން ހާމަވެއްޖެ
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
20 ޖެނުއަރީ 2024
މާލެ ސިޓީ

މިދިޔަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 89.5 މިލިއަން ރުފިޔާ ދައުލަތައް ލިބިފައިވާކަން ހާމަވެއްޖެއެވެ.

މީރާ އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުތެރޭ މުދަލު ޒަކާތުގެގޮތުގައި 89.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއީ 2022ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ 92.6 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 3% ދަށް ޢަދަދެއްކަން ފާހަގަކޮށްލެވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުތެރޭ އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ އޭޕްރިލް މަހުއެވެ. އެއީ 22.3 މިލިަން ރުފިޔާއެވެ.

މިދިޔަ އަހަރުތެރޭ މުދަލު ޒަކާތުގެގޮތުގައި ލިބުނު ޖުމްލަ ޢަދަދު ދަށްވެފައިވާއިރު، އެ އަހަރުގެ ޑިސެމްބަރުމަހުގެ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޢަދަދު ވަނީ ދެގުނަ ދަށްވެފައެވެ.

މީގެ އިތުރުން 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހު މުދަލު ޒަކާތުގެ ގޮތުގައި 11.0 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ލިބިފައިވަނީ 5.7 މިލިއަން ރުފިޔާއެވެ.

މުދަލު ޒަކާތަކީ ތިމާގެ މުދަލުގެ ނިސާބު ހަމަވެ ހިޖުރީ ސަނަތުން އަހަރު ހަމަވާ އިރު ތިމާގެ ފުރިހަމަ މިލްކުގައި އެ މުދާ ހުރެއްޖެނަމަ އޭގެ 40 ބައިކުޅަ އެއްބައި ނެރެން ޖެހޭ ޒަކާތެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved