

ޒަކާތު ހައުސްއިން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
މިއަހަރު އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު ކަނޑައަޅާފައިވާ ދުވަސްތަކުގައި ނަގުދު ފައިސާއިން ޒަކާތް ދެއްކޭނެ އިންތިޒާމްވެސްވަނީ ޒަކާތު ހައުސްއިން ހަމަޖައްސާފައެވެ.
ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން މެންދުރުފަހު 1:00 އަށެވެ. އަދި މިމަހުގެ 23 އިން 30ގެ ނިޔަލަށް، ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 11:00އިން މެންދުރު ފަހު 2:00އަށް ޒަކާތް ބަލައިގަންނާނެއެވެ.
ބަނޑޭރި ޕޭގެ އިތުރުން ދިރާގުގެ އެޕާއި ވެބްސައިޓާއި އުރީދުގެ އެމްފައިސާ އެޕްލިކޭޝަނާއި މޯލްޑިވްސް އިސްލާމިކު ބޭންކުގެ ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަނާއި ބީއެމްއެލް މޯބައިލް އެޕްލިކޭޝަންގެ އިތުރުން ފަހިޕޭ އެޕްލިކޭޝަންގެ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ބަލާގަންނާނެއެވެ.