އިސްލާމިކް މިނިސްޓްރީން ވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 8،800.05ރ ކަމަށް ކަނޑައަޅާފަ އެވެ.
މީގެ ކުރިން މިދިޔަ އަހަަރުގެ އޮކްޓޫބަރުމަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 9240.35ރ އެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީން ނެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101 މިލިއަން ނުވަ ލައްކަ ތިރީސްނުވަހާސް ހަތްދިހަ ރުފިޔާ 15 ލާރި ވަނީ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.