

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފިއެވެ.
ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެން ކަމަށްވާއިރު މި ދިޔަ އަހަރުގެ އޮކްޓޯބަރު ނިސާބަށް ބަދަލު ގެނެސްފައިވެއެވެ. ތިން ފަހަރެއްގެ މަތިން މިދިޔަ އަހަރު މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނައިއިރު އޮކްޓަބަރު ގެނައި ބަދަލާ އެކު މުދަލު ޒަކާތް ނެރުން ވާޖިބުވާ މިންވަރުކަމުގައި އޮތީ، 9240.35 ރުފިޔާއެވެ.
ނަމަވެސް ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެންނައިރު، ރާއްޖޭގެ ޒަކާތު ހައުސްއިން ވަނީ މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު އައިސްފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ރިހީގެ ގްރާމަކަށް 15.57 ރުފިޔާގެ ރޭޓުން 595 ގްރާމަށްވާ 9،264.15 ރުފިޔާއަކީ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަމަށް ވަނީ ބުނެފައެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ. ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެނެވެއެވެ.