ޖެނުއަރީގައި މުދަލު ޒަކާތަށް 5.3 މިލިއަން ރުފިޔާ / އިސްލާމިކް މިނިސްޓްރީ
ހަބަރު
ޖެނުއަރީގައި މުދަލު ޒަކާތަށް 5.3 މިލިއަން ރުފިޔާ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
13 ފެބްރުއަރީ 2025
މާލެ ސިޓީ

މިދިޔަ ޖެނުއަރީ މަހު ދައުލަތަށް 5.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 3.5 މިލިއަން ރުފިޔާއަށްވުރެ 1.7 މިލިއަން ރުފިޔާ އިތުރު މިންވަރެކެވެ.

މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އެގޮތުން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 8،800.05 ރުފިޔާ ކަމުގައި ރާއްޖޭގެ ޒަކާތު ހައުސް އިން ވަނީ ކަނޑައަޅާފަ އެވެ.

މިދިޔަ އަހަރު މުދަލު ޒަކާތަށް 101.9 މިލިއަން ލިބުނު އިރު، މިއީ އެ ވަރުގެ އަދަދެއް ލިބުނު ފުރަތަމަ ފަހަރެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved