March 10, 2026
Advertisement
އިސްލާމިކް މިނިސްޓްރީއަށް މީހަކު ޒަކާތް ދައްކަނީ
އިސްލާމިކް މިނިސްޓްރީއަށް މީހަކު ޒަކާތް ދައްކަނީ / އިސްލާމިކް މިނިސްޓްރީ

މުދަލު ޒަކާތުގެ ނިޞާބު 9240.35 ރުފިޔާއަށް ދަށްކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 12, 2024, 06:51 PM
މާލެ ސިޓީ

މިދިޔަ އޮކްޓޯބަރު މަހު 10ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ވާޖިބުވާ ނިޞާބު ކުޑަކޮށްފިއެވެ.

Advertisement

ޒަކާތު ހައުސް އިން ބުނީ، މިއަދުން ފެށިގެން މުދަލުގެ ޒަކާތުގެ ނިޞާބަކީ 9،240.35ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ނިސާބު ހަމަވާ ކޮންމެ މުދަލަކުން ޒަކާތް ނެރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެއް ކަމުގައި ޒަކާތް ހައުސް އިން ބުންޏެވެ.

މީގެ ކުރިން މެއި 22ގައި މުދަލު ޒަކާތުގެ ނިޞާބު ހުރީ 9353.40ރ. ގައެވެ. އެހެންކަމުން މިހާރު މުދަލު ޒަކާތުގެ ނިސާބް ވަނީ ކުރިން ހުރި މިންވަރަށް ވުރެ ދަށް ވެފައެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވާނެއެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލުޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved