March 11, 2026
Advertisement
ރުހުން ދީފައިނުވާ ތިން ވަޒީރުން
ރުހުން ދީފައިނުވާ ތިން ވަޒީރުން / ތޭރަގްރެފިކްސް

ކުރީގެ މަޖިލިހުން ރުހުން ނުލިބުނު ވަޒީރުންގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 10, 2024, 01:28 AM
މާލެ ސިޓީ

ނަވާރަ ވަނަ ރައްޔިތުން މަޖިލީހުން ރުހުން ނުދިން މި ސަރުކާރުގެ ތިން މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

Advertisement

ނަވާރަ ވަނަ މަޖިލިހުން ރުހުން ދިފައިނުވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހިމް އަލީ ސައިދާއި ހައުސިން މިނިސްޓަރު އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށެވެ.

މި ތިން މިނިސްޓަރުންނަށް މަޖިލީހުން ރުހުން ނުދިން ނަމަވެސް އެ ބޭފުޅުން އަލުން މަގާމުތަކަށް އައްޔަން ކުރައްވައި، އަލުން ރުހުން ހޯދަން ވެސް 19 ވަނަ މަޖިލީހަށް ފޮނުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ގޮތުގައި އެޖެންޑާ ކޮށްފައިވަނީ 3 ވަޒީރުންނަށް ރުހުން ދިނުމާމެދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފައިވަނީ މި ތިން ވަޒީރުންނަށް ރުހުން ދިނުމަށެވެ. ބެލެވޭ ގޮތުގައި މާދަމާގެ މަޖިލީހުގެ ޖަލްސާގައި ތިން ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ވޯޓަށް އަހާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved