މިނިސްޓަރ އިހުސާން / ސޯޝަލް މީޑިއާ
ހަބަރު
ފުލުހުންެގެ ސިވިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް ބުނެ އޮޅުވާލުން
09 ޖޫން 2024
މާލެ ސިޓީ

ފުލުހުންގެ އިދާރާގެ މުވައްޒަފުންގެ މުސާރަ 40% ބޮޑުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގަތް ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު މުސާރަ ބޮޑުކުރުން ލަސްކުރެއްވުމަށް ރައީސް ނިންމަވާފައިވަނިކޮށް މަޖިލިސް އިންތިޚާބާއި ދިމާކޮށް ވޯޓުކޮޅު ގަތުމަށް ފުލުހުންގެ ޔުނިފޯމް މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް ބަޖެޓްގެ ތާށިކަމާއި ހުރެ ކަމަށް ބުނެ ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިނުވެއެވެ. އެ ފައިސާ ހޭދަކޮށްފައިވަނީ މަޖިލިސް މެންބަރުން ގަތުމަށް ކަމަށް މައުލޫމާތު ހޯދިފައިވެއެވެ. އިންތިޚާބާއި ދިމާކޮށް ކޮރަޕްޝަން އަމަލްތައް ހިންގުމަށް ވަނީ އެ ފައިސާ ޚަރަދުކޮށް ރައްޔިތުންނަށް އޮޅުވާލާފައެވެ. އޭރުވެސް ބުނަމުންދިޔައީ ވަރަށް އަވަހަށް މުސާރަ ބޮޑުކޮށްދޭނެ ކަމަށެވެ.

ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޖޫން މަހުގެ މުސާރައާއި އެކީ ސިވިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް ވިދާޅުވެފައިވެއެވެ. ޔުނިފޯމް އެޅި މުވައްޒަފުންނާއި އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އެކު ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައި މިނިސްޓަރު ވަނީ ފުލުހުންގެ ސިވިލް މުވައްޒަފުންނަށް އަލުން އުއްމީދު ދެއްވާފައެވެ. ބޮޑެތި ހެޑްލައިންތައް ކޮންމެ އިންޓަވިއުއެއްގައި ދެއްވަމުން މިނިސްޓަރާއި ސަރުކާރުންވެސް ދަނީ ރައްޔިތުންގެ ހައްގުތައް ހިފަހައްޓަމުންނެވެ.

ޖޫން މަހުގެ ފުރަތަމަ 10 ހަމަވެގެން ދާއިރު އަދިވެސް މުސާރަ ބޮޑުކުރުމާއި މެދު މަޝްވަރާތައް ދަނީ ކުރެވެމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި މަހުގައިވެސް މުސާރަ ބޮޑުކޮށްދޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ސިވިލް މުވައްޒަފުން ދަނީ ބުނަމުންނެވެ. މުސާރަ ބޮޑުވާނެ ކަމުގެ ފޮނި އުއްމީދުގައި ތިއްބެވި ފަރާތްތަކަށް އަނެއްކާވެސް ލިބިގެން މިދިޔައީ ހިތްދަތި ޚަބަރެކެވެ.

ޔުނިފޯމް މުވައްޒަފުންނެކޭ އެއްވަރަށް ސިވިލް މުވައްޒަފުންވެސް ބުރަކޮށް މަސައްކަތް ކުރާ އިރު، ހަމަހަމަކަމަށް ދައުވާ ކުރާ މި ސަރުކާރުން ދަނީ ރައްޔިތުންގެ ހުރިހާ ކަމަކަށްވެސް މުއްދަތު ޖަހަމުންނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved