މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އެއްލައްކަ ދިވެހި ރުފިޔާ ހަދިޔާކޮށްފިއެވެ.
މި ފައިސާ އަކީ އިމިގްރޭޝަންގެ މުވައްޒަފުން ގުޅިގެން މުވައްޒަފުންގެ މުސާރައިން ކޮށްފައިވާ ދީލަތި އެހީއެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އިމިގްރޭޝަން އަކީ އަބަދުވެސް މިފަދަ ކަންކަމުގައި އައިއޭސީ އަށް އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާއެއްކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ގިނަ އާންމުންގެ ފަރާތްތަކުންވެސް އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.