ރައީސް ޑރ މުހައްމަދު މުއިއްޒު ގައުމުގެ އިއްޒަތާއި ޝަރަފް ވެއްޔާ މޮޑެލައިފިކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މަލީހް ވަނީ ރައީސް މުއިއްޒު އިންޑިޔާގެ ޕްރައިމް މިނިސްޓަރު ކަމަށް ނަރެންދްރާ މޯދީ ހޮވުމުން މޯދީގެ ހުވާ ކުރި ރަސްމިޔާތުގައި ބައިވެރިވެފައިވާތީ މިދާ ވަރުން ދަންޏާ އިޒްރޭލަށް ވެސް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.
ބަހާ އަމަލާ ދިމާކުރުމަކީ ރައީސް މުއިއްޒު ދަންނަ އެއްޗެއް ނޫންކަމަށްވެސް މަލީހް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.
އިންޑިޔާއަށް ވަޑައިގެން އެ ގައުމާއެކު ގުޅުން ބަދަހި ކުރާ ވާހަކަ ރައީސް މުއިއްޒު ދެއްކެވުމުން ގިނަ ބަޔަކު އަންނަނީ ރައީސް މުއިއްޒަށް ފާޑުކިޔަމުންނެވެ.