April 12, 2026
Advertisement
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް

ރައީސް މުއިއްޒު އިންޑިޔާއިން ވަޑައިގަތީ ތުރުކުރައްވައިގެން ހުންނެވި މުންޑު ވިއްކާލާފައި: މަލީހް

Aishath Naja
އައިޝަތު ނަޖާ
Jun 11, 2024, 09:44 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްްޔާ ޑރ މުހައްމަދު މުއިއްޒު އިންޑިޔާއިން ރާއްޖެ ވަޑައިގަތީ އެމަނިކުފާނު ތުރުކުރައްވާފައި ހުންނެވި މުންޑު ވިއްކާލައިގެން ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވަނީ ރައީސް މުއިއްްޒު އިންޑިޔާ އިން ރާއްޖެ ވަޑައިގަތުމަށްފަހު އިންޑިޔާ އާއެކު ކުރިޔަށް ވުރެ ބޮޑަށް ކަންކަން ރަނގަޅުވެގެންދާނެ ކަމަށް ވިދާޅުވުމުން ރައްދު ދެއްވާފައެވެ.

މަލީހް ވަނީ ޕޯސްޓްގައި ރައީސް މުއިއްޒު ތުރުކުރައްވައިގެން ހުންނެވި މުންޑު ވިއްކާލާފައި ވަޑައިގަތުމުން ބަދަލުގައި އިންޑިޔާ އިން ދިނީ ކޯޗެއްތޯ އައްސަވާފައެވެ.

ބަދަލުގައި ލިބުނު އެއްޗެއް ހިސާބު އަދަދުން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވެސް މަލީހް ވަނީ ރައީސް މުއިއްޒަށް ގޮވާލާފައެވެ.

އިތުރަށް މަލީހް ވަނީ ދިވެހި ދިދަ ރައީސް މުއިއްޒު ނުފެނިގެން އެބަ އުޅުއްވާކަމަށް ވިދާޅުވެފައެވެ.

މަލީހް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ރައީސް މުއިއްޒު ދެއްވި އެންމެ ފުރަތަމަ ތަގްރީރުގައި ދިވެހި ދިދަޔާ މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވުމުންނެެވެ.

މިއަދު އެ ދެއްކެވި އެއްްވެސް ވާހަކައެއްގައި ބުރަދަނެއް ނެތްކަމަށް ވެސް ގިނަ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved