March 11, 2026
Advertisement
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް / ސޯޝަލް މީޑިއާ

ބިރުވެރި ޚަބަރެއް: އޮކިއުޕެންސީ ދަށް ވެގެން ރާއްޖޭގެ ރިސޯޓުތަކެއް ބަންދުކުރަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 12, 2024, 09:48 PM
މާލެ ސިޓީ

ރާއްޖޭގެ ފަތުރުވެރިކަން ދަނީ ބާރު ސްޕީޑުގައި ކުރިއަށް ކަމަށް ސަރުކާރުން ބުނަމުން ދަނިކޮށް، ބެޑް އޮކިއުޕެންސީ ދަށްވެގެން ރާއްޖޭގެ ބައެއް ރިސޯޓުތައް ބަންދުކުރަން އުޅޭ ކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ ރާއްޖޭގެ ޓުއަރިޒަމް ސެކްޓަރގައި މުހިއްމު ދައުރެއް އަދާކުރާ "އިނަރ މޯލްޑިވްސް"ގެ ވެރިޔާ މުހައްމަދު ފިރާގު އޭނާގެ އެކްސް ހެންޑްލްގައި ކުރެއްވި ޕޯސްޓަކުންނެވެ.

އެގޮތުން ފިރާގު ކުރެއްވި ޕޯސްޓުގައި ވަނީ، ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓް ތައް އީދު ޗުއްޓީއަށް ފަހު މަދު މަސް ތަކަކަށް ބަންދުކުރަން ރާވާފައިވާ ކަމަށް ވިދާޅުވެފައި އަދި އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ފިރާގު ފާހަގަކުރައްވާފައިވެއެވެ.

މިކަމާ ގުޅިގެން ތޭރަ އޮންލައިންއިން ފިރާގަށް ގުޅާލުމުން ވިދާޅުވީ، ސަމަރ ހޮލިޑޭސްއާ ދިމާކޮށް ބައެއް ރިސޯޓުތައް ބަންދުކުރަން ނިންމާފައިވާކަން އެނގުނީ އެ ރިސޯޓުތަކަށް ބުކިން ހަދަން ގުޅުމުން ކަމަށާ އެގޮތުން 3 ވަރަކަށް ރިސޯޓު ބަންދުކުރަން ނިންމާފައިވަ ކަން ހާމަވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމަކީ މި ފަހުގައި ވެސް އެފަދަ ގޮތަކަށް ދިމާވާ ފުރަތަމަ ފަހަރު ކަމަށަ އެގޮތުން ރިސޯޓުތައް ބަންދުކުރަނީ ބެޑް އޮކިއުޕެންސީ ދަށްވެގެން ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފިރާގު ވިދާޅުވި ގޮތުގައި، އާންމުކޮށް ސަމަރ ހޮލިޑޭސްއާ ދިމާކޮށް ގިނައިން އަންނަނީ އިންޑިއާ ފަތުރުވެރިން ކަމަށްވެފައި މިހަރު ކަންކަން ހިނގާ ގޮސްފައި އޮތް ގޮތުން އިންޑިއާ ފަތުރުވެރިން އައުން މަދުވުމުން މި ފަހަރުގެ ސަމަރ ހޮލިޑޭސްގައި ފަތުރުވެރިކަން ދަށަށް ދާނެކަމަށް ގަބޫލުކުރެވޭ ކަމަށާ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޤައުމު ހިންގުމަށްޓަކައި އެންމެންވެސް ބުރަކޮށް މަސައްކަތް ކުރަންޖެހޭކަމަށާ ބަނދަރުތަކާއި އެއަރޕޯޓްތައް އެޅުމަށް ސިމެންތިއާއި ބޮޑު ހިލަ ވެސް ހިމެނޭ ގޮތަށް މުދަލުގެ 99 އިންސައްތަ އެތެރެކުރާ ޤައުމެއްގެ ގޮތުގައި ރާއްޖެ ވާއިރު އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފިރާގު ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ ރާއްޖޭގެ ޓުއަރިޒަމް އަނދަވަޅަކަށް ވެއްޓެން ދާ މަންޒަރު ފެންނަ ކަމަށާ އެހެން އެކަން ވާތަން ބަލަން ނުތިބެވޭނެ ކަމަށެވެ. ހަލުވާތަން ބަލަން ހަމަ ނުހުރެވޭނެ. ފިރާގު ވިދާޅުވީ 80 ހާ ހާ ގާތްކުރާ އަދަދަކަށް ރާއްޖޭގެ ބެޑްތައް ހުރި ނަމަވެސް އެ ވަރަސް އިޝްތިހާރު ނުކުރެވުމަކީވެސް މިފަދަ ކަންކަން ދިމާވާން މަގުފަހިވާކަމެއް ކަމަށެވެ.

އޮކިއުންޕެންސީ ދަށްވެ ބައެއް ރިސޯޓުތައް ބަންދުކުރާ ހާލަތަށް ދިޔަ ނަމަވެސް ސަރުކާރުން ބުނަމުން ދަނީ ފަތުރުވެރިކަން ދަނީ ކުރިއަށް ކަމަށަ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުން ކަމަށެވެ. ނަމަވެސް ޓުއަރިޒަމް ދާއިރާގައި މެއިން ކޯސްއެއްގެ ގޮތުގައި ހަރަކާތްތެރިވާ ޓްރެވަލް އެޖެންޓެއްގެ ފަރާތުން އނެގިގެން ގޮސްފައި މިވަނީ ޓުއަރިޒަމްގެ ހާލަތު އޮތް ގޮތެވެ.

މީގެ ސަބަބުން ރިޒޯޓު ބޮއިސްއަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމީ ޔަގީންކަމެކެވެ.

ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން ބިރުވެރި އިންޒާރެއް ލިބިގެން ގޮސްފައިވާއިރު ސަރުކާރުން ފަތުވެރިކަމުގެ ސިނާއަތުގެ މިނިސްޓަރެއް ގޮތުގައި ހަމަ ޖައްސާފައިވަނީ މިދާއިރާއިން އެއްވެސް އިލްމެއް އުނގެނިފައި ނެތް، ބޭފުޅަކާ ކަމަސްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

މި ސިނާއަތުގައި އެ މިނިސްޓްރީ އާއި ހަވާލުވެފައިވާ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާއިރު، ސަރުކާރުގެ 3ޑެޕިއުޓީ މިނިސްޓަރަކު ވަނީ ލޯ ސީސަން ގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އިންޑިޔާގެ ބޮޑުވަޒީރަށް ކުޑާމީސްކޮށް އަދަބު އަޚްލާގު ދަށްކޮށް އެއްޗެހި ގޮވާފައެވެ.

ކޮމެންޓު
ކޮމެންޓްތައު
Mohamed
Jun 13, 2024, 01:55 PM
Bro resorts always do close for renovations during summer break
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved