March 11, 2026
Advertisement
އީދު ނަމާދު ކުރަނީ
އީދު ނަމާދު ކުރަނީ / އިސްލާމިކް މިނިސްޓްރީ

އަޟްހާ އީދު ނަމާދު ކުރާ މިސްކިތްތަކާއި މައިދާންތައް އާންމުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Jun 13, 2024, 11:56 PM
މާލެ ސިޓީ

1445 ވަނަ އަހަރު މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން އަޟްހާ ނަމާދު ކުރުމަށް މައިދާންތަކާއި މިސްކިތްތައް އިސްލާމިކް މިނިސްޓްރީ އިން އާންމުކޮށްފިއެވެ.

Advertisement

މިގޮތުން 28 މިސްކިތެއް އަޟްހާ އީދު ނަމާދު ކުރުމަށް ކަނޑައަޅާފައިވެއެވެ. އެއީ މާލޭގެ 17 މިސްކިތަކާއި، ވިލިމާލޭގެ 02 މިސްކިތް، ހުޅުމާލެ ފޭސް 1 ފަސް މިސްކިތް އަދި ފޭސް 2 ގެ ހަތަރު މިސްކިތް ހިމެނެއެވެ.

މީގެ އިތުރުން މޫސުން ތަން ނުދިނުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑު ޖަމާއަތުގެ އީދު ނަމާދު ކެންސަލް ކުރަން ޖެހިއްޖެ ހާލަތުގައި މާލެ ސިޓީގައި އީދު ނަމާދު ކުރާނީ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިސްކިތްތަކާއި މައިދާންތަކުގައި އަންހެން ކަނބަލުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު ކޮށްފައިވެއެވެ.

އީދު ނަމާދު ކުރާ ސަރަހައްދުތައް
އީދު ނަމާދު ކުރާ ސަރަހައްދުތައް
އީދު ނަމާދު ކުރާ ސަރަހައްދުތައް
އީދު ނަމާދު ކުރާ ސަރަހައްދުތައް
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved