
ފިޝަރީޒު މިނިސްޓަރު އހަުމަދު ޝިޔާމް ކުރިން ނިކަން އަޑަށް ބާރުލައްވާފައި ވައުދުާ އަހުދު މަސްވެރިންނަށް ވެވަޑައިގެންނެވި ކަމަށާ ނަމަވެސް މިހާރު ރާގު ބަދަލުވެއްޖެ ކަމަށް ބުނެ މަސްވެރިން ފާޑުކިޔުން އަމާޒުކޮށްފިއެވެ.
"Ahmed Ameen" ނަމަކަށް ކިޔާ އެކްސް އެކައުންޓް އަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކުރިން ވައުދާއި އަހުދުތައް ކޮށް މިހާރު ސަރުކާރުގެ ރާގު އެއްކޮށް ބަދަލުވެފައިވާކަމަށެވެ.
އެގޮތުން އެންމެ ފަހުން މަސްވެރިންނާ ބައްދަލުކުރައްވާ ވަޒީރު ޝީޔަމް މަސްވެރިންނަށް ރަގަޅު ގޮތް ހަދާދެވޭނީ މކާލީ ހާލަތު މިހާރަށްވުރެ ރަގަޅުވެގެން ކަމަށް ވިދާޅުވި ވިދާޅުވުމަށްވެސް އެ ޕޮސްޓުގައި ފާދުކިޔާ ނުރުހުން ފާޅުކޮށްފައިވެއެވެ. އެގޮތުން މާލީ ހާލަތާއި ގުޅުވާ ވާހަކަ ދައްކަވަމުން ގެންދާއިރު މާލިއްޔަތަކީ އަމިއްލަ މިލްކެއްހެން ސިފަވާ ގޮތަށް ވަޒީރުގެ ވާހަކަފުޅު ހުންނަ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން މަސްވެރިންގެ ފައިސާ ބަޖެޓު ސަޕޯޓަށާ އަދިވެސް އެހެން ބޭނުންތަކަށް ބޭނުން ކުރަމުން ގެންދާކަމުގެ ތުހުމަތާ އެކު އެ ޕޯސްޓުގައިވަނީ މަސްވެރިންގެ ހައްގު ކަށަވަރުކުރުމަށް ގޮވާލާފައެވެ.
މަސްވެރިންނަށް ފައިސާ ނުދޭ މައްސަލާގައި އެކި ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔާ ފައިސާ ދޫކުރުމަށް ޕްރެޝަރ ކުރަމުންނެވެ. މި ސަރުކާރު ވެރިކަމަށް އައީ މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދުކުރާނެ ކަމުގެ ވަައުދާއެކުއެވެ. ނަމަވެސް ސަރުކާރު އައި ފަހުން މަސްވެރިންނަށް ކޮންމެ ފަހަރަކުވެސް ފައިސާ ދޫކުރަނީ މަސްވެރިން ނުކުމެ އިހުތިޖާޖުކުރުމުންކަން ފާހަގަކޮށްލެވެއެވެ.










