March 10, 2026
Advertisement
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް / ސޯޝަލް މީޑިއާ

މި ސަރުކާރުން ވައުދަކަށް ފަހު ވައުދެއް ވަނީ ވަށަފަރު އުސޫލުން: މަލީހު

Aishath Alaina
އައިޝަތު އަލައިނާ
Jun 14, 2024, 04:02 PM
މާލެ ސިޓީ

މި ސަރުކާރުން ރައްޔިތުންނަށް ވައުދު ވަނީ ވަށަފަރު އުސޫލުން ކަމަށް ޕީއެންއެފްގެ ސެކެޓްރީ ގެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވަނީ ނުފުއްދޭ ވައުދުފުޅުނުވުމަށް ރައީސް ޑރ. މުއިއްޒަށް އިލްތިމާސްކޮަށްފައިއެވެ.

މީގެ އިތުރުން އެމަނިކުފާނު ނޭނގޭ ވާހަކަ ނުދެއްކެވުމަށްވެސް މަލީހު ވަނީ ރައީސް މުއިއްޒަށް އިލްތިމާސްކުރައްވާފައިއެވެ.

މަލީހު މިފަދައިން ވިދާޅުވީ ރައިސް މުއިއްޒު ބީއެމްއެލްގެ ކާޑުތަކަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓު ބޮޑު ކުރެވޭނީ، ބޭންކަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުވެގެން ކަމަށް ބީއެމްއެލްއިން ބުނުމާއި ގުޅިގެންނެވެ.

ރާއްޖޭގެ އިގްތިިސާދު މިފަދައިން ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައިވެސް ކާޑު ލިމިޓު އިތުރުކުރާނެކަމަށް ރައީސް މުއިއްޒު ވައުދުވެލައްވާފައިއެވެ.

ނަމަވެސް ފެނިގެން މިދަނީ ކާޑު ލިމިޓު އިތުރު ނުވާ އިރު ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު އިތުރުވަމުން އަންނަ މަންޒަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved