March 11, 2026
Advertisement
ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެން ބޮޑޫވެފައި. ފޮޓޯ: ޗެނަލް13
ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެން ބޮޑޫވެފައި. ފޮޓޯ: ޗެނަލް13

ޢީދު ބަންދުގައި ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމުގޮތެއްގައި ރަގަޅުވާނެ: މެޓު އޮފީސް

Mariyam Isaadha
މަރިޔަމް އިސާދާ
Jun 14, 2024, 05:30 PM
މާލެ ސިޓީ

އީދު ބަންދުގައި ކެރީގެ އަސަރުކުރި ނަމަވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

Advertisement

ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރެވޭ ގޮތާގުޅޭ ގޮތުން މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އީދު ދުވަހާއި އެކު، ކުރިއަށް އޮތް ފަސް ދުވަހު ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރި ނަމަވެސް ދުވަހުގެ ބޮޑުބައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8-18 މޭލު ބާރުމިނުގައި ކަމަށެވެ. އެހެންކަމުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވޭނީ 5-3 ފޫޓާ ދެމެދުގައި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.

މި އަހަރުގެ އަޟްހާ އީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަހެވެ.

އީދު ބަންދުގެ ގޮތުގައި ހަފުތާ ބަންދާއެކު ނުވަ ދުވަސް ލިބޭތީ ގިނަ ބަޔަކު ދަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved