March 11, 2026
Advertisement
މިނިސްޓާރ ޝަހީމް
މިނިސްޓާރ ޝަހީމް / އިސްލާމިކް މިނިސްޓްރީ

ހައްޖުވެރިންގެ ހާލު ރަނގަޅު، އިންތިޒާމުތައް ފުރިހަމަ: މިނިސްޓާރ ޝަހީމް

Aishath Naja
އައިޝަތު ނަޖާ
Jun 15, 2024, 10:48 PM
މާލެ ސިޓީ

ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށާއި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

Advertisement

މިނިސްޓާރ މިފަދައިން ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގުރޫޕަށް ފޮނުއްވި މެސެޖުގައި އެވެ.

އެގޮތުން މިނިސްޓާރ ޝަހީމް ވިދާޅުވީ އެއްވެސް ހައްޖުވެރިޔަކަށް ހާއްސަ ހާލަތެއް ނުވަތަ ސިއްހީ މައްސަލައެއް ކުރިމަތިވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ. 

އަރަފާތު ބިމުގައާއި، ހައްޖުގެ އެހެނިހެން މަޝާއިރުތައް އަދާކުރުމަށް ހައްޖު ކޯޕަރޭޝަނުން ވަރަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށާއި ރާއްޖޭގެ ހައްޖު މިޝަނުން ހައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް މިނިސްޓާރ ވަނީ ފާހަގަކުރައްވާފައެވެ.

ސައުދީ އަރަބިއްޔާއިން ހައްޖުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ އެހެން އަހަރުތަކަށްވުރެ ރަނގަޅަށް ފެންވަރު ރަނގަޅު ހިދުމަތްތަކާއެކުކަން ފާހަގަކުރައްވައި ޑރ.ޝަހީމުވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނަށާއި ވަލީ އަހުދަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved