May 26, 2026
Advertisement
އީދު ނަމާދުގެ ތެރެއިން
އީދު ނަމާދުގެ ތެރެއިން / ރައީސް އޮފިސް

އީދު ފާހަގަކުރާއިރު އެހެން ދީންތަކުގައި ކުރާ ގޮތައް ނުކުރޭ: ހުތުބާ

Aishath Naja
އައިޝަތު ނަޖާ
Jun 16, 2024, 06:24 PM
މާލެ ސިޓީ

މުސްލިމުން އީދު ފާހަގަ ކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ދޫކޮށްލަން ޖެހޭ ކަމަށް އަޟްހާ އީދުގެ ހުތުބާގައި ފާހަގަކޮށްފިއެވެ.

Advertisement

މި އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި އީދު ހުތުބާގައި ވަނީ ނަބިއްޔާގެ އިރުޝާދުގައިވާ ގޮތަށް މުސްލިމުން އުފާ ފާޅުކުރާ އިރު، އިސްލާމްދީނުގެ އުސޫލުތަކަށް ތަބާވާން ޖެހޭ ކަމަށެވެ.

އަދި އެހެން ދީންތަކުގެ ގޮތްތައް ކޮޕީ ކުރަން ނުޖެހޭ ކަމަށެވެ.

ގައުމަކަށް ލިބޭ އެންމެ ބޮޑު ނިއުމަތަކީ އެ ގައުމެއްގެ އަހުލުވެރިންނަކީ މާތް ﷲ އެއްކައުވަންތަކޮށް އާހިރަތް ދުވަހަށް އީމާންވާ ބަޔަކަށްވުން ކަމަށާއި އަދި ގައުމަކަށް ލިބޭނެ ބޮޑު އަނެއް ނިއުމަތަކީ، އެ ގައުމަކީ އަމަންއަމާންކަން ލިބިފައިވާ ގައުމަކަށްވުމާއި ގައުމުގެ އަހުލުވެރީންނަކީ، އުފާ ފާގަތިކަން ލިބިފައިވާ ބަޔަކަށް ވުންކަމަށްވެސް ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved