May 5, 2026
Advertisement
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި / ސޯޝަލް މީޑިއާ

ކުރިޔަށް އޮތް ދެ ދުވަހުގެ މޫސުން ގޯސް!

Aishath Naja
އައިޝަތު ނަޖާ
Jun 17, 2024, 12:56 AM
މާލެ ސިޓީ

ކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

Advertisement

މެޓުން ބުނީ ހޯމަ އަދި އަންގާރަ ދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ބުދަ އަދި ބުރާސްދަތި، ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.

ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 18-8 މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 35-30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved