އިތުރު ބަހަނާއަކާ ނުލާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަގުތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދަރިކަނބަލުންގެ، ފިރިމީހާގެ ބައްޕަ، މުހައްމަދު ވަޖީހު އިބްރާހިމް (ޖުހާ)ގެ ކޮރަޕްޝަން މައްސަލަ ބެލުމަށް މަލީހު ގޮވާލައިފިއެވެ.
އެކްސްގައި ހަސަން ކުރުސީގެ ހޭންޑަލްއިން ކޮށްފައިވާ ޕޯސްޓަކަށް ރިޕްލައި ކުރައްވާ މަލީހު ވިދާޅުވީ. އޭސީސީއިން އަންނަނީ މި މައްސަލަ ނުބެލުމަށް ބަހަނާ ދައްކަމުން ކަމަށެވެ.
މިއީ ސަމާސާއެއް ނޫން. އޭސީސީ އިތުރު ބަހަނާ ނުދައްކާ ވަގުތުން އެމްޕީއެލްއަށް ވަންނަންޖެހޭ. މިއީ ދުވަހަކުސް ދިވެހި ދައުލަތުގެ ކުންފުނިތައް ހިންގި ގޮތެއް ނޫން. https://t.co/v9iwYCYjZV
— Mohamed Maleeh Jamal (@maleehjamal) June 17, 2024
އެމްޕީއެލްގެ ސީއީއޯ އެ ކުންފުނީގެ ކާޑުން ތައިލޭންޑުން ބޭސްފަރުވާއަށް ހޭދަކުރިކަން ވަނީ ފަޅާއަރާފައިއެވެ.
ކުންފުނީގެ ކާޑު ބޭނުންކޮށްގެން ސީއީއޯ ވަނީ ތައިލެންޑްގެ ހޮސްޕިޓަލުތަކުން ބޭސްފަރުވާގެ ޚިދުމަތް ލިބިގަނެ އަގު ބޮޑެތި ބްރޭންޑުތަކުގެ ފިހާރަތަކުން ވިޔަފާރިވެސް ކޮށްފައެވެ.'
ކުރުސީ ކޮށްފައިވާ ޕޯސްޓުގައި ވަނީ ވަޖީހު އަގު ބޮޑު ޕޯނެއް ގަނެލެއްވުމަށްެވެސް ކުންފުނީގެ ފައިސާ ބޭނުން ކުރިކޯށް ހާމަކޮށް އެ ޓްރާންސެކްޝަންގެ ޕޮޓޯތައްވެސް ޕޯސްޓުކޮށްފައިއެވެ.
މިކަމާއި ގުޅޭގޮތުން މަލީހު ވިދާޅުވީ، މިއީ ފާއިތުވެ ދިޔަ ވެރިކަންތަކިގައިވެސް ގައުމު ހިންގިގޮތް ނޫންކަމަށެވެ.