March 11, 2026
Advertisement
އީދު ފާހަގަކުރުން
އީދު ފާހަގަކުރުން / ސޯޝަލް މީޑިއާ

އިސްލާމީ އުސޫލުތަކާއި ޚިލާފަށް ސަރުކާރުގެ ވެރިންވެސް އީދު ފާހަގަކުރަނީ

Aminath Zara
އައިމިނަތު ޒާރާ
Jun 19, 2024, 03:45 PM
މާލެ ސިޓީ

އިސްލާމީ އުސޫލުތަކާއި ތައާރަޒުނުވާ ގޮތަށް އީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓަރު ގޮވާލާފައިވީ ނަމަވެސް ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭގޮތަށް ދީނުގެ ހަމަތަކާއި ޚިލާފަށް އީދު ފާހަގަކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.

Advertisement

އިސްލާމީ ރިވެތި ސަރުކާރެއް ބިނާ ކުރުމަށް ހުވާ ކުރައްވައި ވެރިކަމަށް ވަޑައިގެން ދީނާއި ޚިލާފަށް ކުރަމުންގެންދާ އެއްވެސް ހަރަކާތެއް މި ސަރުކާރުން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރައްވާތަނެއް ފެނިވަޑައިނުގަންނަވައެވެ. ކުރީ ސަރުކާރުތަކަށް "ލާދީނީ" ގެ ލަގަބު ދެއްވައި ފާޑުވިދާޅުވުމަށްފަހު ކަންކަން އިސްލާޙް ކުރައްވަން އައި ބޭފުޅުންވެސް އެ މަގުން ހިންގެވެމަކީ ގައުމުގެ މާލިމީކަމަށް އެބޭފުޅުން ކުފޫ ހަމަނުވާ ކަމުގެ ހެއްކެކެވެ.

މީގެ އިތުރުން މަޖިލިސް މެންބަރުންނާއި އެނޫންވެސް ސަރުކާރުގައި ނަން ހިނގާ ބޭފުޅުން އީދުގެ ހަރަކާތްތަކުގައި ދެ ޖިންސް މަސްހުނިވެ ނެށުމާއި މި ނޫންވެސް އިސްލާދީނުގެ އިމުގެ ބޭރުން އުޅުއްވާކަން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ޕޯސްޓްތަކުން ފެންނަމުންދެއެވެ.

ދީން އައްޑަނައަކަށް ހައްދަވައި ވެރިކަމަށް ވަޑައިގެން ކުރިއަށްވުރެވެސް ބޮޑަށް ގައުމު ލާދީނީ ވެއްޖެކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved