މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ
ސިޔާސީ
މިނިސްޓަރ ޝިޔާމްވެސް އަދުރޭ އާއި ދެކޮޅު: މަލީހް
Aminath Zara
އައިމިނަތު ޒާރާ
19 ޖޫން 2024
މާލެ ސިޓީ

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަށި މާލި ޕެރޭޑުން ފެނިފައިވަނީ ބިނާކުރަނިވި ފާޑުކިއުންތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުމާއެކު ޕީއެންއެފްގެ ސެކްރަޓަރީ މުހައްމަދު މަލީހް ޖަމާލްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މިގޮތުން ޝިޔާމްވެސް އަދުރޭއާއި ދެކޮޅު ކަމަށް މުހައްމަދު މަލީހް ޖަމާލްގެ އެކްސް ޕޯސްޓެެއްގައި ވިދާޅުވެފައިވެއެވެ.

އަދުރޭގެ ފިރިހެން ދަރިފުޅު ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް އަށް ނިސްބަތްވާގޮތަށް މާލިތަކެއް މި ޕެރޭޑުން ވަނީ ފެނިފައިވެއެވެ. މިގޮތުން ފައިސަލް ބޭރު ގައުމުތަކުގައި "ބްރޯކެން އިންގްލިޝް" އިން ވާހަކަދައްކާ މުޅި ދުނިޔޭގެ ފާޑުކިޔުން ރާއްޖެއަށް އަމާޒުވެފައިވެއެވެ. މިކަމާއި ގުޅިގެން 6 މަސް ދުވަހުގެ ކޯޗިން ޕްރޮގްރާމެއްގައި ބައިވެރިވެ ރައްޔިތުން ބަަލއިގަންނަ ވަރަށް ވާހަކަ ދައްކަން ދަސްކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އެހެންކަމުން ބިނާކުރަނިވި ފާޑުކިޔުންތަކެއް ކަމަށް ބުނެ މިނިސްޓަރ ޝިޔާމް ވަނީ ނުސީދާ ގޮތެއްގައި ފައިސަލްގެ ނާގާބިލް ކަމާއިމެދު ވާހަކަދައްކާފައިވާ ކަމަށް މަލީހްގެ ޕޯސްޓްގައިވެއެވެ. ޓުއަރިޒަމް މިނިސްޓާރުގެ ނާގާބިލު ކަމާއި މެދު ސަރުކާރުގެ އިސްވެރިންވެސް އެއްބަސްވާކަން މިނިސްޓަރ ޝިޔާމްގެ ވާހަކަތަކުން ހާމަވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ވެސް ފާޑުކިޔުންތައް މަށި މާލި ޕެރޭޑްގައި ފެނިގެންގޮސްފައިވެއެވެ. މިފަދަ ކަންކަމުން ދޭހަވަނީ ރައްޔިތުން މި ފަރާތްތައް ބަލައިނުގަންނަ ކަމެވެ. އަދި މިއަށްވުރެ ގާބިލް ފަރާތްތައް މަގާމުތަކަށް އައްޔަންކުރުމަށް ސަރުކާރަށް ގޮވާލަމުންދާކަމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved