March 20, 2026
Advertisement
އިމާރާތްކުރުމުގެ ދާއިރާގެ އަގުތައް އުފުލިއްޖެ
އިމާރާތްކުރުމުގެ ދާއިރާގެ އަގުތައް އުފުލިއްޖެ / ޓައިމްސް އޮފް އައްޑޫ

ރާއްޖޭގައި އިމާރާތްކުރުމުގެ އަގު އުފުލިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jun 19, 2025, 02:16 AM
މާލެ ސިޓީ

ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަމުގެ އަގުގެ މިންގަނޑު އުފުލިއްޖެއެވެ.

Advertisement

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަމުގެ އަގުގެ މިންގަނޑު ނުވަތަ ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް (ޕީޕީއައި) މިދިޔަ އަހަރާ އަޅާބަލާއިރު 13.53 އިންސައްތަ މައްޗަށް ވަނީ ގޮސްފައެވެ.

ޖަނަވަރީ މަހު 0.14 އިން ސައްތަ ފެބުރުއަރީ މަހު 0.01 އިން ސައްތަ އަދި މާޗު މަހު 1.01 އިންސައްތައިން މަތިވެފައިވެއެވެ. އަހަރުން އަހަރަށް ބަލާއިރު ޖަނަވަރީ މަހު 13.82 އިން ސައްތަ ފެބުރުއަރީ މަހު 13.68 އިން ސައްތަ އަދި މާރިޗު މަހު 13.53 އިންސައްތައަށް މަތިވެފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމާރާތްކުރުމުގެ އަގުތައް ވަނީ މަތިވެފަ އެވެ. އިމާރާތްކުރުމުގެ އަގުތައް މިހާ ބޮޑަށް މައްޗަށް ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަސައްކަގައި މަސައްކަތްތެރިންގެ އުޖޫރައާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ އަގު މަތިވުން ހިމެނެއެވެ.

އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަމުގެ އަގުގެ މިންގަނޑުގައި އިމާރާތްކުރުމުގެ މަސައްކަތްތަކާއި މަގު ހެދުމުގެ މަސައްކަތްތަކުގެ އަގުތައް ހިމެނޭއިރު އިމާރާތްކުރުމުގެ ދާއިރާގެ އަގުތައް މިފަދަ ބޮޑު މިންވަރަކަށް އުފުލުމަކީ ގައުމުގެ އިގްތިސާދަށް އަސަރުކޮށް ގެދޮރު އިމާރާތްކުރުމުގެ ހަރަދު ބޮޑުވެ، އާންމު ރައްޔިތުންނަށް ބުރަ ބޮޑުވެގެންދާނެ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved