March 20, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރައީސް ޔާމީން ތަރައްގީކޮށްދެއްވި "ރަސްރަނި ބަގީޗާ" އަލުން ތަރައްގީ ކުރުމުގެ ނަމުގައި 03 މަހަށް ބަންދުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 21, 2025, 04:58 AM
މާލެ ސިޓީ

ރައީސް ޔާމީން ތަރައްގީކޮށްދެއްވި "ރަސްރަނި ބަގީޗާ" އަލުން ތަރައްގީ ކުރުމުގެ ނަމުގައި 03 މަހަށް ބަންދުކޮށްފިއެވެ.

Advertisement

ކޮންްސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި "ސަލްޓަން ޕާކު" އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތިން މަހަށް އެ ޕާކު ބަންދު ވާނެ ކަމަށެވެ.

އަލުން ތަރައްގީ ކުރަން ސަލްޓަން ޕާކު ތިން މަހަށް ބަންދުކޮށްފައިވާކަން ކޮންސްޓްރަކްޝަން މިނިސްޓްރީން އިއުލާނުކުރީ އެތަން ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފައިވަނިކޮށެވެ.

ރައްޔިތުން ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމުގެ ބަދަލުގައި ކުރީ ސަރުކާރުތަކުން ބިނާކޮށްފައިވާ ތަންތަން މި ސަރުކާރުން ރީބްރޭންޑްކޮށް ނުވަތަ އަލުން އާ ތަނެއްގެ ގޮތުގައި ބިނާ ކުރަމުން އައުމަކީ ސަރުކާރުގެ އުފެއްދުންތެރިކަން ދަށްވެ، އަމިއްލަ މަޝްރޫއުތަކެއް ހިންގަން ނޭގޭ ކަމުގެ ހެއްކެކެވެ.

ރައީސް ޔާމީނުގެ ޒައާމަތުގައި ބިނާކޮށްދެއްވި ރަސްރަނި ބަގީޗާއަކީ ދިވެހިންނާއި ޚާއްސަކޮށް ކުޑަކުދިންގެ މެދުގައި މަގުބޫލު ތަނަކަށް ވެފައިވާއިރު މިތަނަކީ ގިނަ ރަސްމީ އިވެންޓްތައްވެސް ބާއްވަމުން އައިސްފައިވާ ތަނަކެވެ.

ނަމަވެސް، ވަކި ސަރުކާރެއްގައި ހަދާފައިވާ ތަނަކަށް ވުމުން މަރާމާތްނުކޮށް ހަލާކުވާން މި ޕާކު ދޫކޮށްލާފައިވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved