theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ޕީޕީއެމް
ސިޔާސީ
ސިނަމާލެ ބްރިޖަކީ ޖަސްޓިފައިޑް ބްރިޖެއް: ރައީސް ޔާމީން
Aiminath Zawjah
އައިމިނަތް ޒަޢްޖާ
17 ޖުލައި 2025
މާލެ ސިޓީ

ޗައިނާ މޯލްޑީވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖަކީ ޖަސްޓިފައިޑް ބްރިޖެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންއެފް އިން ކުރިއަށް ގެެންދާ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޖީއެމްއާރް މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމާއި ގުޅިގެން ފައްޔާޒަށް ރައްދު ދެއްވަމުންނެވެ.

ސިނަމާލެ ބްރިޖަކީ ދެ އާބާދީއެއް ގުޅުވާދިން ބްރިޖެއް ކަމަށާއި މި ބްރިޖްގެ ސަބަބުން ދިވެހީންނަށް ލިބިގެން ދިޔަ ލުއި ފަސޭހަކަމުގެ އިތުރުން ގައުމަށް ގިނަ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލަދިން ބްރިޖެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސިނަމާލެ ބްރިޖް އެޅުމަށް ޖުމްލަ ޚަރަދުވީ 68 މިލިއަން ޑޮލަރު ކަމަށާއި 2 ޕަސެންޓްގެ އިންޓްރެސްޓް އާއި އެކު 25 އަހަރަށް ބެހިގެން އަޅާފައިވާ ބްރިޖެއް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

600 މިލިއަން ޑޮލަރަށް އިންޑިއާއަށް ދިވެހިރާއްޖެ އަޅުވެތިކޮށްގެން އެމްޑީޕީ ވެރިކަމުގައި އަޅަން ފެށުނު މި ބްރިޖް އަދިވެސް ނުނިމޭއިރު އިންޓްރެސްޓް ރޭޓެއް އަދި ނިމޭނެ ތާރީޚެއް އެގިލައްވާ ބޭފުޅަކުވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

600 މިލިއަން ޑޮލަރު ޚަރަދުކޮށްގެން މި އަޅާ ބްރިޖެ އިންޓްރެސްޓް އެއް އެގެނީ އެއް ނޫން، ނިމޭނެ ތާރީޚެއް އެގެނީއެއް ނޫން، ދިވެހިންގެ ބޮލުުގައި އެޅުވޭ ބޭކާރު ދަރަންޏެއް

- ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި، ގައުމީ އެއާޕޯޓް ހިންގުން އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކޮށްފައިވަނިކޮށް، އެ އެއްބަސްވުން ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބާޠިލް ކުރުމުން ގައުމުގެ ދަރަނީގެ ބޮޑު ޕަސެންޓެއް އެއާޕޯޓުން ހިއްސާ ކުރާ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ރައީސް ޔާމީނަށް ވިދާޅުވި ފާޑުކިޔުންތަކަށް އެމަނިކުފާނު ވަނީ ހިސާބު އަދަދުތަކާއި އެއްކޮށް ފައްޔާޒަށް އެ މައްސަލަ "ޖަސްޓިފައިޑް" ކޮށްދީފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved