April 23, 2026
Advertisement
މުހައްމަދު މަލީޙް ޖަމާލް
މުހައްމަދު މަލީޙް ޖަމާލް / ސޯޝަލް މީޑިއާ

ކޮރަަޕްޝަންގެ މައްސަލަތަކަށް ރައީސް ހަނު ހުންނެވުމަކީ އެކަމުގައި ބައިވެރިވުން: މަލީހް

Aminath Zara
އައިމިނަތު ޒާރާ
Jun 20, 2024, 04:33 AM
މާލެ ސިޓީ

ދައުލަތުގެ ހުރިހާ ދިމާލަކުންވެސް ކޮރަޕްޝަން އާއި ވައްކަން އާންމުވެ ރައްޔިތުން ކަންބޮޑުވެ ނުރުހުން ފާޅުކުރާއިރު ރާއްޖޭގެ ރައީސް ހަނު ހުންނެވުމަކީ އެ އަމަލުތަކުގައި ބައިވެރިވުން ކަމަށް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހްގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ފަދަ މައްސަލަތައް ބަލަން ކޮމިޓީއެއް ނަގާ ރަނގަޅަށް އިންސާފުވެރިކަމާއި އެކުގައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

މި ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާކަން ފާހަގަކުރެވިފައިވެއެވެ. މިގޮތުން ނިމިދިޔަ އިންތިޚާބާއި ދިމާކޮށް ހައްގު ނޫން ވަޒީފާތައް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދިނުމާއި، ދައުލަތުގެ ޚަރަދުން ވައްކަމުގެ އެތައް އަމަލިއްޔާތުތަކެއް ހިންގާފައިވާކަން ފަޅާއަރާފައިވެއެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއްއް ސަރުކާރުން ބަލާފައި ނުވާއިރު ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ މަންފާތައް ހާސިލުކުރުމަށް ފައިސާ ޚަރަދުކުރަމުންދާކަން ފާހަގަވެއެވެ.

މަލީހް ކޮށްފައިވާ ޕޯސްޓް
މަލީހް ކޮށްފައިވާ ޕޯސްޓް
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved