March 11, 2026
Advertisement
މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް / ސޯޝަލް މީޑިއާ

އިސްލާމީ ހަމަތަކުގެ ބޭރުން އީދު ފާހަގަކުރުމަކީ ހުއްދަ ކަމެއް ނޫން: ޝަހީމް

Aminath Zara
އައިމިނަތު ޒާރާ
Jun 20, 2024, 08:05 PM
މާލެ ސިޓީ

ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ ޢީދު ފަދަ މާތްވެގެންވާ މުނާސަބާތައް ފާހަގަކުރުމަކީ ޝަރުޢީ ގޮތުން ހުއްދަކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އީދު ފާހަގަކުރުމަށް ރާވާ ހިންގަމުންދާ ހަރަކާތްތަކުގައި، ބިރުވެރި ސިފައަށް ތިބޭ މާލިތަކާއި އެނޫންވެސް އިސްލާމީ ހަމަތަކުގެ ބޭރުން ކަންކަން ކުރިއަށް ގެންދަމުންދާތީ މިނިސްޓަރ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިވެހިރާއްޖެއަކީ އިސްލާމީ ސަގާފަތެއް އޮންނަ ގައުމަކަށް ވީ ހިނދު އިސްލާމީ ރިވެތި ގޮތްތައް ދޫކޮށް ސަގާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

އަޟަހާ އީދު ފާހަގަކުރުމށް އެކި ހިސާބުތަކުގައި އިސްލާމީ ޝިޢާރުގެ ބޭރުން މުންކަރާތްތައް އާންމުކޮށް ދެޖިންސު މަސްހުނިވެ މިއުޒިކު ކުޅުން ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved