ޕީއެންއެފްގައި މިވަގުތު ތިބީ ފައިސާ އާއި މަގާމްތަކަށް ދަހިވެތި ވާނެ ބައެއް ނޫންކަމަށް ރައީސް ޔާމީންގެ އިސްގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް ވިދާޅުވެ ސަރުކާރުގެ އިސް ފަޑިއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
-ހަބަރު:
ޑރ.ޖަމީލް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފްގެ ފަރާތުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މީގެ އިތުރުން ޑރ ޖަމީލް ވިދާޅުވީ އެބޭފުޅުންނަކީ ފައިސާގެ ނުފޫޒުގާ ޖެހިގެން ކުޑަކަކުލުން ވާގިދޫވާނެ ބައެއްނޫންކަމަށެވެ. މިހެން ވިދާޅުވެފައިވަނީ މިހާރު ސަރުކާރުގެ އިސްފަޑީގައި ތިއްބެވި ފަރާތްތަކަށެވެ.
މިރޭ ރައީސަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވާ ވާހަކައަކީ އަޅުގަނޑުމެން މިތާންގަ މިތިބީ ފައިސާގެ ނުފޫޒުގަ ޖެހިގެން ކުޑަކަކުލުން ވާގިދޫވާނެ ބައެއް ނޫން މިތާ މިތިބީ
މީގެ އިތުރުން ޑރ ޖަމީލް ވިދާޅުވީ މަގާމާ ފައިސާއަކީ ވަކި ކަމެއް ކޮށްގެން ވަކި ވާހަކަތަކެއް ދެއްކީމަ އަންނަ އެއްޗެއް ކަމަށް ގަބޫލް ކުރާ ބައެއް ނޫން ކަމަށެވެ. އެގޮތުން އެބޭފުޅުން ގަބޫލް ކުރާ ހަގީގަތަކީ މަގާމުވެސް ފައިސާވެސް އަދި އެއަށްވުރެ ބޮޑެތި ކަންކަން ވެސް އަންނަނީ މީހަކު ދީގެން ނޫން ކަމަށެވެ.
މީގެ އިތުރުން ޑރ ޖަމީލް ވިދާޅުވީ އެބޭފުޅުން މިތިބީ ރައީސް ޔާމީން ގެ ތަރައްގީ ގައުމަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރަން ކަމަށެވެ.
އަދި ހަމައެހެންމެ މީގެ ކުރިން ވަރަށް ގިނަ ވެރިން އައިސް ހިނގައްޖެކަމަށާއި އެހެންނަމަވެސް ކަންކަމުގައި ހަގީގީ ކުލަ ޖެއްސެވީ ރައީސް ޔާމީން އެކަނި ކަމަށެވެ.