April 23, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ޕޯޓްތައް ނުވިއްކާ ގައުމު ހިންގަން ނޭނގޭނަމަ ރައީސް މުއިއްޒު އިސްތިއުފާ ދެއްވާ: މަލީހް

Aishath Naja
އައިޝަތު ނަޖާ
Jun 21, 2024, 12:36 AM
މާލެ ސިޓީ

ޕޯޓްތައް ނުވިއްކާ ގައުމު ހިންގަން ނޭނގޭނަމަ ރައީސް ޑރ މުހައްމަދު އިސްތިއުފާ ދެއްވަން ޖެހޭކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓްގައި އިތުރަށް މަލީހް ވިދާޅުވެފައިވަނީ މަލޭގެ ސީ ޕޯޓް ވިއްކާ ޖަރީމާ ރައްޔިތުން ނިކުމެ ހުއްޓުވަން ޖެހޭކަމަށެވެ.

އަދި މި ސަރުކާރުގެ މިސްރާބު ހުރީ ހަރު މުދާ ވިއްކުމާ ދިމާލަށް ކަމަށް ވިދާޅުވެ މަލީހް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.

މަލީހް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ވެގެން މިދިޔައީ ހީކުރި ކަހަލަ ވެރިއަކަށް ނޫންކަމަށެވެ.

ޕޯޓްތައް ނުވިއްކާ ގައުމު ހިންގަން ނޭނގޭނަމަ ރައީސް ޑރ މުހައްމަދު އިސްތިއުފާ ދެއްވާފައި ގެޔަށް ވަޑައިގަންނަން ޖެހޭ ކަމަށް ވެސް މަލީހް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.

މަލީހްގެ އިތުރުން ގިނަ ބަޔަކު އަންނަނީ ރައީސް މުއިއްޒަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
އިތުބާރު
Jun 21, 2024, 04:02 AM
ހަރުމުދާނުވިއްކާބަޔެއްނެއް ހުރިހާމެންބަރުން ވެސްހަރުމުދާވިއްކަންގަބޫލު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved