March 11, 2026
Advertisement
މޫސުން ގޯސް
މޫސުން ގޯސް / ސޯޝަލް މީޑިއާ

މާދަމާގެ ހެނދުނާ ހަމަޔަށް މޫސުން ގޯސް: މެޓް

Aishath Naja
އައިޝަތު ނަޖާ
Jun 21, 2024, 12:41 AM
މާލެ ސިޓީ

މިރޭ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

Advertisement

މެޓުން މިހެން ބުނެފައިވަނީ މާދަމާ ހެނދުނު 6:00 ގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކުރުމަށްފަހުއެވެ.

އެގޮތުން މެޓް އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށެވެ.

އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށެވެ.

ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަަކަށް މަޑުވާނެ ނަމަވެސް އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved