March 25, 2026
Advertisement
ލަވަކިޔުންތެރިޔާ ހަމްދީ އަދި އަނބިކަނބަލުން ޕީއެންއެފް އަށް ސޮއި ކުރުން
ލަވަކިޔުންތެރިޔާ ހަމްދީ އަދި އަނބިކަނބަލުން ޕީއެންއެފް އަށް ސޮއި ކުރުން / ސޯޝަލް މީޑިއާ

މަޝްހޫރު ލަވަކިޔުންތެރިޔާ ހަމްދީ އަދި އަނބިކަނބަލުން ޕީއެންއެފް އަށް ސޮއިކޮށްފި!

Aishath Naja
އައިޝަތު ނަޖާ
Jun 21, 2024, 03:04 AM
މާލެ ސިޓީ

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ހަމްދީ އަދި އަނބިކަނބަލުން ޒަރުހާނާ ޒަރީރް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އާ ގުޅިއްޖެއެވެ.

Advertisement

މިކަމާ ގުޅޭގޮތުން "ތޭރަ އޮންލައިން" އަށް އިތުރު މައުލޫމާތު ދެމުން ޕީއެންއެފްގެ ރެޖިސްޓްރާރ އަލީ ޝިޔާން ނާޝިދު ވިދާޅުވީ ހަމްދީ ޕީއެންއެފް އާއި ގުޅިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކަމަށެވެ.

އަދި އަނބިކަނބަލުންނާއި ދެބޭފުޅުން ޕީއެންއެފްއަށް ސޮއި ކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ ރައީސް ޔާމީން ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ.

ފޯމް ރައީސް ޔާމީނާ ހަވާލު ކުރުމަށްފަހު ހަމްދީ ވަނީ ރައީސް ޔާމީން ގެ ޕާޓީ ޕީއެންެއެފް އާއި ގުޅުނު ސަބަބު ހާމަކުރައްވާފައެވެ.

އެގޮތުން ރައީސް ޔާމީން އަކީ ހަމްދީ އަބަދުވެސް ވަރަށް އިހުތިރާމް ކުރައްވާ ފަރާތެއް ކަމަށް ވެސް ހަމްދީ ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ ހަމްދީ އަށް މީގެކުރިން ވަރަށް ބޮޑު ހެޔޮކަމެއް ކޮށްދެއްވާފައި ކަމަށާއި އެކަމަކީ ހަމައެކަނި ޝުކުރުން ނިންމާލެވޭނެ ވަރުގެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމްދީ އަކީ ދިވެހިރާއްޖޭގެ ފަންނާނުން ތެރެއިން ވަރަށް މަޝްހޫރު ލަވަތަކެއް ކިޔުއްވާ ދިވެހީންގެ ހިތްތައް އަތުލާފައިވާ ފަރާތެކެވެ.

ހަމްދީގެ އިތުރުންވެސް އެކި އެކި ފަރާތްތަކުން އަންނީ ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފް އާއި ގުޅެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved