March 22, 2026
Advertisement
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) / ސޯޝަލް މީޑިއާ

މޮސްޓާ ސަރުކާރަށް: އަޅުގަނޑުމެން ނުޖެހޭނެ އިންޑިޔާގެ އުނގަށް ވެއްޓޭކަށް

Aishath Naja
އައިޝަތު ނަޖާ
Jun 21, 2024, 07:34 PM
މާލެ ސިޓީ

ސަރުކާރުން އިންޑިޔާގެ އުނގަށް ވެއްޓޭކަށް ނުޖެހޭނެ ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Advertisement

މޮސްޓާ މިފަދައިން ވިދާޅުވެފައިވަނީ އަސްލު ޓީވީގެ "ބާބު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މޮސްޓާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެދުވަހު ވެސް އޭނާ އިންޑިޔާގެ އުނގަށް ވެއްޓެން ނުޖެހޭނެ ކަމަށް އެތައް ފަހަރެއްގެ މަތިން ބުނެފައިވާނެ ކަމަށެވެ.

އިންޑިޔާ އިން ކާޑު ރާއްޖެ އަށް ފޯރުކޮށްދެނީ ހިލޭ ނޫންކަމަށާއި އެ ކާޑުގެ ބާވަތްތަކަކީ ރާއްޖޭން ފައިސާ ދީގެން ގަންނަ އެއްްޗެއް ކަމަށް ވެސް މޮސްޓާ ވިދާޅުވިއެވެ.

އެހެންކަމުން ކާޑު ރާއްޖެއަށް ދޭތީ އޭ ކިޔާފައި އިންޑިޔާގެ އުނގަށް ވެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް މޮސްޓާ ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.

އަދި އޭގެއިތުރުން އިންޑިޔާއިން އެ ގެންނަ ދަށް ކޮލެޓީގެ ކާއެއްޗެހީގެ ސަބަބުން ދުނިޔޭގެ ނިސްބަތުން ކެންސަރު ޖެހޭ މީހުން ގިނަ ކަމަށް ދައްކަނީ ވެސް ރާއްްޖެއިން ކަމަށް މޮސްޓާ ވިދާޅުވިއެވެ.

މި ގައުމުގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު ގެއްލިފައިވަނީ އިންޑިޔާގެ ސަބަބުން ކަމަށް ވިދާޅުވެ މޮސްޓާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެހެންކަމުން އިންޑިޔާ ދަށުވެގެން އުޅުމަކީ މޮސްޓާގެ ނަޒަރުގައި ބަލައިގަނެވޭނެ ވަރުގެ ކަމެއް ނޫންކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved