March 26, 2026
Advertisement
ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން
ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން / ސޯޝަލް މީޑިއާ

ރާއްޖޭގައި "ޔޯގާ ޑޭ" ފާހަގަކުރުމުން އިންޑިޔާއިން އުފާވެއްޖެ، ބުނީ ގުޅުން އިތުރަށް ބަދަހިކުރާނެ ކަމަށް

Aishath Naja
އައިޝަތު ނަޖާ
Jun 21, 2024, 07:45 PM
މާލެ ސިޓީ

ރާއްޖޭގައި "ޔޯގާ ޑޭ" ފާހަގަކުރުމުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އިންޑިއާގެ ހައިކޮމިޝަނަރު އޮފް މޯލްޑިވްސް މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

Advertisement

ޔޯގާ ޑޭ ފާހަގަކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައެވެ. މި ދުވަސް ފާހަގަކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އިންޑިއަން ހައިކޮމިޝަނާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރެވެ.

އެގޮތުން ޔޯގާ ޑޭ އާއި ބެހޭގޮތުން މުނޫ މަހާވަރު ވިދާޅުވީ އެ ހަފްލާގައި ގިނަ ދިވެހިން ބައިވެރިވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

އަދި މި ހަރަކާތުން ދެގައުމުގެ ސަޤާފަތް ގުޅުވައިދިނުމަށް މުހިންމު ރޯލެއް އަދާކުރި ކަމަށާއި އޭގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ އައު ޚިޔާލުތަކާއި ވިސްނުން އިތުރަށް ތަރައްޤީވެގެންދާނެ ކަމަށެވެ.

އަދުގެ ސަރުކާރުގެ އިސް ފަޑީގައި ތިއްބަވާ ފަރާތްތަކަކީ އެމްޑީޕީ ސަރުކާރުގައި ޔޯގާ ޑޭ ފާހަގަކުރުމުން އެކަމާ ދެކޮޅަށް އެންމެ ބޮޑަށް ބަސްބުނެ، އިހުތިޖާޖް ކުރި ފަރާތްތަކެވެ.

ނަމަވެސް މިއަދު ޔޯގާ ޑޭ ފާހަގަކުރުމުން ސަރުކާރުގެ ވެރިން ތިއްބެވީ ހަނުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved