March 26, 2026
Advertisement
ތާޖް މޯލްޑިވްސް ރިސޯޓުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭެއްވި ހަރަކާތުގެ ތެރެއިން
ތާޖް މޯލްޑިވްސް ރިސޯޓުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭެއްވި ހަރަކާތުގެ ތެރެއިން / އިންޑިއަން ކަލްޗަރ ސެންޓަރ

ވައްޑެގެ ސުވާލެއް؛ އިރު ކަލާނގެއަށް ކުއްތަންވާން ޖެހުނީ މޯދީ ދަށުވެފައި އޮތްލެއް ބޮޑުކަމުން ތޯ؟

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 22, 2025, 05:29 AM
މާލެ ސިޓީ

އިރު ކަލާނގެއަށް ކުއްތަންވާން ޖެހުނީ "މޯދީ" ދަށުވެފައި އޮތްލެއް ބޮޑުކަމުން ތޯ؟،ވިދާޅުވެ ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ)ގެ ހޫނު ސުވާލެއް ސަރުކާރުގެ ބޮޓުންނަށް އަމާޒުކޮށްފި އެވެ.

Advertisement

ސަރުކާރުގެ ހާއްސަ މެހެމާނަކާއެކު ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ބައިނަލްއަގްވާމީ ޔޯގާ ޑޭ މިއަދު ފާހަގަކުރުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވައްޑެ ވިދާޅުވީ 140 ދިވެހި އިލްމުވެރިން ހަރާމް ކަމެއް ކަމަށް ބުނެފައި އޮތް ޔޯގާ މި ފަސްގަނޑުގައި ބޭއްވީ މުއިއްޒު ސަރުކާރުގެ ސިޔާސީ މުވައްޒަފުން އެކަމުގައި ބައިވެރިކޮށްގެން ކަމަށެވެ.

އިރު ކަލާގެއަށް ކުއްތަންވާން ޖެހުނީ މޯދީ "ދަށުވެފައި" އޮތްލެއް ބޮޑުކަމުން ތޯ؟

ވައްޑެ

އިންޑިއާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ތާޖް ރިސޯޓުގައި ބޭއްވި މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އަދި މި ހަރަކާތުގައި 500އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.

މިއަހަރުގެ ޔޯގާ ޑޭގެ ޝިއާރަކީ "ޔޯގާ ފޯ ވަން އާތު، ވަން ހެލްތު" އެވެ. މިއީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ 11 ވަނަ ޔޯގާ ޑޭ އެވެ. މިދިޔަ އަހަރު ވެސް ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރި އެވެ.

ރާއްޖޭގައި ޔޯގާ ޑޭ ފާހަގަކޮށްފައި މި ވަނީ ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިބި ވަރަށް ގިނަ ބަޔަކު، ޔޯގާއަކީ ޝިރުކުގެ އަމަލެއް ކަމަށް ބުނެ އަޑު އުފުލާފައި އޮއްވަ އެވެ.

ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަންތަކެއް ނަކަލުކޮށްގެން ހިންގާ ކަސްރަތުގެ ހަރަކާތްތަކެއް ކަމަށް ބުނެ، 2022 ވަނަ އަހަރު ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރި އިރު، އެކަމާ ދެކޮޅަށް ވަނީ އަޑު އުފުލައި ހަމަނުޖެހުން ހިންގައިފަ އެވެ. އޭގެ ތެރޭގައި މިހާރު ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެ ސަރުކާރުގައި އެ ހަމަނުޖެހުން ހިންގި މީހުންގެ މައްޗަށް ދައުވާ ކުރި ނަމަވެސް، މިިދިޔަ ހަފްތާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމާފައިވަނީ އޭގެ ތެރެއިން ބައެއް މީހުންގެ ދައުވާތައް އަނބުރާ ގެންދިއުމަށެވެ.

އޭގެ ތެރޭގައި ވިލިމާލެ ދާއިރާގެ މިހާރުގެ ޕީއެންސީގެ މެންބަރު މުހައްމަދު އިސްމާއިލާއި ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ މައްޗަށް އުފުލި ދައުވާތައް ހިމެނެ އެވެ.

ކުރިން ސަރުކާރުގައި ނެތި ހަރާން ވެފައި ވެރިކަން ލިބި މޯދީ އާއި ގުޅުން ބަދަހިވުމުން ސޯލިހު ސަރުކާރު ފަދައިން މުއިއްޒު ސަރުކާރުން ވެސް ޔޯގާ އަށް ތާއީދުކުރުމުން ގިނަބައެއްގެ ނުރުހުން މުއިއްޒު ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މި ކަމަށް ފާޑުކީ މީހަކު ބުނީ "ކޮބާ ޝެއިޙް ނިޝާނުމެން ފަޒުލޫނުމެން. ހިންދޫ ދީނުގެ އަޅުކަމެކޭ ބުނީމު ޔޯގާއަކީ. ހިންނަވަރު އިބުރާހިމު މުހައްމަދު ސޯލިހުގެ ވެރިކަމުގަ ހުރިއިރު ގޯސް. އެކަމަކު ޑރ.މުއިއްޒު ވެރިކަމުގައި ހުރީމަ ޔޯގާ އޯކޭވަނީ ކިހިނެތޯ؟ މީހަކު ސުވާލު ކުރި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved