
ދިވެހިންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމަށް، ޖިހުރީ އައު އަހަރުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ފޮނުއްވި ޚިތޯބުގައި ބަޔާންކޮށްފައިވުމުން، ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ)ގެ ވަރުގަދަ ރައްދެއް އަމާޒުކުރައްވައިފިއެވެ.
ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ، މުޖްތަމައުގައިހުރި ކަންބޮޑުވުންތަކުގެ ހައްލާއި ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުސޫލުގައި ދެމިތިބެގެން ކަމަށެވެ.
ރައީސްގެ މި ވާހަކަފުޅަށް ރައްދު ދެއްވާ ވައްޑެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދޮގު ހަދާ އޮޅުވާލުމަކީ ދީނުގައި އޮންނަން ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ޔޯގާ ދުވަސް ފާހަގަކުރަން ސަރުކާރުން ހިތްވަރުދީ ސަރުކާރުގެ އިސްވެރިން އެކަން ޝަރަފުވެރިކޮށްދިނުމުން އެކަމަށް އިޝާރާތްކުރައްވާ ވައްޑެ ވަނީ ޔޯގާ ޑޭ ފާހަގަކުރަން ފުރުސަތު ރައީސް މުއިއްޒު ދެއްވީ ދީނުގެ ވާފަށުގައި ހިއްޕަވައިގެން ހުންނެވި ވަރު ބާރުކަމުން ތޯ ސުވާލެއް އަމާޒުކުރައްވާފައެވެ.
ވައްޑެގެ ނުުރހުން ރައީސް މުއިއްޒަށް އަމާޒުކުރައްވާފައިވާއިރު ރައީސް މުއިއްޒަކީ 100 އިލްމުެރިންގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެން ދީނާ ބީރައްޓެހި ކަންކަންކުރައްވަމުން ގެންދަވާ ވެރިއެއްގެ ގޮތުގައި ފާހަގަވެފައިވާ ބޭފުޅެކެވެ.
އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ދީނީ މިނިވަންކަމަށް ގޮވާލާ އަދި އެއް ޖިއސުން ގުޅުން ހިނގުމަށް ހިތްވަރުދޭ، މީގެ އިތުރުން އެބޯޝަނަށް ފުރުސަތު ދޭ ސަމޯއާ އެގްރިމަންޓުގައި ވެސް ސޮއިކޮށްފައެވެ.










