theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝައިޚު ނިޝާން / ތޭރަ އޮންލައިން
ހަބަރު
ޝިރުކުގެ އަމަލުތައް ގަބޫލުކޮށްގެން ނުވާނެ، ޝިރުކަށް ވެރިން ފުރުސަތު ވެސް ދީގެން ނުވާނެ: ޝައިޚު ނިޝާން
Mariyam Isaadha
މަރިޔަމް އިސާދާ
04 ޖުލައި 2025
މާލެ ސިޓީ

ޝިރުކުގެ އަމަލުތައް ގަބޫލުކޮށްގެން ނުވާނެ ކަމަށާ، ޝިރުކަށް ވެރިން ފުރުސަތު ވެސް ދީގެން ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިޚު އާދަމް ނިޝާން އިބްނު އަލީ އާދަމް ވިދާޅުވެއްޖެއެވެ.

ޔޯގާގެ ޝިރުކާ ގުޅިގެން ޗެނަލް13އަށް ދެއްވި ކުރު އިންޓަރވިއުއެއްގައި ޝައިޚު ނިޝާން ވިދާޅުވީ، ޔޯގާއަކީ ކަސްރަތެއްގެ ގޮތުގައި ޕްރޮމޯޓުކުރި ނަމަވެސް ހަގީގަތުގައި އެއީ ކަސްރަތެއް ނޫން ކަމަށެވެ. އެގޮތުން ވަކި ގަޑިތަކަކާ ދިމާކޮށް ވަކި ގޮތްތަކަކަށް ހަށިގަނޑު ޕޯސްކޮށްގެން ތިބޭ ތިބުމަކީ ހިންދޫއިންނާ ބުދީދީނުގެ އަޅުކަމެއް ކަމަށާ އެކަން އެމީހުން ސިއްރުކުރި ނަމަވެސް އެކަން އޮތީ އެހެން ކަމަށްވެސް ޝަިއޚު ވިދާޅުވިއެވެ.

މީގެ އިތުރުން ޔޯގާގެ ނަމުގައި ހިންގާ ޖަރީމާ އިރުއަރާ ގަޑީގައި ހިންގަމުންދާއިރު އެއީ ﷲ ސުބުހާނަހޫ ވަތަޢާލާ އެކަލާންގެ އަޅުތަކުންނަށް ނަމާދުކުރުންވެސް ހަރާން ކުރައްވާފައިވާ ގަޑިއެއްކަމަށެވެ. އަދި ޝިރުކުގެ އަމަލެއް ކޮށްފި ނަމަ ތައުހީދު ނަފީކޮށްލުމަށް އެކަން ވެގެންދާނެ ކަމަށެވެ. އަދި ޝިރުކުކުރި މީހާއަށް ސުވަރުގެ ހަރާން ކުރައްވާ އެމީހެއްގެ ތަނަކީ ނަރަކަކަމުގައި ލައްވަވާފައިވާކަން ޝައިޚު ފާހަގަކުރެއްވިއެވެ.

އެެންކަމުން މިފަހަކަށް އައިސް ޔޯގާ ކަސްރަތުގެ ނަމުގައި އަވައްޓެރިގައުމުތަކުގެ ސަގާފަތް ކުރިއެރުވުމަށް އިސްލާމީ މަތިވެރި ތައުހީދުގެ ކަންކަމާ ފުށުއަރާ ކަންތައްތަކެއް ހިންގާތާ 15 ވަރަކަށް އަހަރުވެފައިވާއިރު، އެއީ ޝިރުކުގެ އަމަލެއް ކަމަށެވެ. އެހެންކަމުން ޝިރުކުގެ އަމަލުަތއް ގަބޫލުކޮށްގެން ނުވާނެ ކަމަށާ އެކަމަށް ގައުމުގައި ވެރިން ފުރުސަތު ދީގެންވެސް ނުވާނެ ކަމަށް ޝައިޚު ވިދާޅުވިއެވެ.

ޝައިޚު މިފަދައިން ވިދާޅުވެފައިވާއިރު، ނިމިދިޔަ ސަރުކާރުގައި އެކަން ފުޅާ ދާއިރާއެއްގައި ގައުމުގައި ފާހަގަކުރުމާ ދެކޮޅަށް ނުކުތުމުން ޝައިޚުއާ އިތުރު ބަޔަކު ހައްޔަރުކޮށް ދައުވާވެސް އުފުލާފައިވެއެވެ. އަދި މި ސަރުކާރުން ވެސް ވަނި މިއަހަރު ޔޮގާ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ފުރުސަތުދީ ސަރުކާރުގެ ވެރިންވެސް ބައިވެރިވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved