theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދީނީ ވެރިޔާ ލާދީނީވީތަ؟ / ތޭރަގްރެފިކްސް
ރިޕޯޓު
ދީނީ ވެރިޔާ ލާދީނީވީތަ؟
Mariyam Isaadha
މަރިޔަމް އިސާދާ
23 ޖޫން 2025
މާލެ ސިޓީ

ޙައްގާ ބާތިލަކީ އަންނަ ކޮންމެ ވެރިކަމަކާ އެކު ބަދަލުވާނެ އެއްޗެއް ނޫނެވެ. ދީނުގައި ނަހީ ކުރައްވާ ހަރާމް ކުރައްވާފައިވާ ކަމެއް ވިއްޔާ ޤިޔާމަތާ ހަމައަށް ވެސް އެކަން އޮންނާނީ ހަމަ އެހެންނެވެ. އަދި މުސްލިމުންނަށް ހަރާން ހަލާލު އަދި ހައްގާ ބާތިލު ކަނޑައަޅާ ޤުރުއާނުގައާ ރަސޫލާ (ޞޢޥ)ގެ ސުންނަތުގައި ބަޔާންކުރައްވާފައިވާ ކަންކަމަކީ ހަތް އުޑު މަތިން މީގެ 1400 އެތައް އަހަރެއް ކުރިން ބާވާލެއްވި ބަސްފުޅުތަކެވެ. އެއަކީ ބަޔަކު ބޭނުންވުމުން ނަޞާރާއިން އިންޖީލަށް ބަދަލު ގެނެސް ހިތު ހުރި ގޮތަކަށް ދީނުގެ ކަންކަން ކުރަމުން ގެންދިޔަސް ބަދަލުވާނެ އެއްޗެއް ނޫނެވެ.

މި ވާހަކަ މި ރިޕޯޓުގައި މި ފައިސަލާ ކޮށްލަނީ ދާދި ފަހުން ގައުމުގައި ހިނގާ ދިޔަ ހާދިސާއަކަށެވެ. އާދޭހެވެ. ޔޯގާ ޑޭއެއް ފާހަގަކޮށްފިއެވެ. ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ޝަރަފުވެރިކޮށްދެއްވާ ނިކަން ވަރުގަދަކޮށް ބައިނަލްއަގްވާމީ ޔޯގާ ޑޭ މި ރާއްޖޭގައި 500 މީހުންނާ އެކު ފާހަގަކޮށްފިއެވެ.

މިއާއެކު ބައެއް ދީނީ އިލްމުވެރިން މިކަމުގައި ސަރުކާރުން ކަންކުރީ ރަގަޅަށް ނޫން ކަމަށް ބުނެ ބަޔާން ނެރުނެވެ. އަދި ބައެއް އިލްމުވެރިން ސިފަކުރި ގޮތުގައި ޔޯގާއަކީ ޝިރުކުގެ އަމަލަކަށްވެފައި އެފަދަ ކަންކަމަށް މަރުހަބާކިޔާ ފުރސަތު ފަހިކޮށްދޭނީ ލާދީނީވެރިންނެވެ.

މިހާރު ހންނެވި ރައީސުލްޖުމްހޫރިއްޔާއަކީ 100 އެތައް އިލްމުވެރިން އެބޭފުޅަކަށް ބައިޢަތު ހިއްޕަަވައިގެން ވެރިކަމަށް ގެނައިވެރިއެކެވެ. އެމްޑީޕީގެ ވެރިކަމުގައި ދީނާ ބީރައްޓެހި އެތައް ކަމަކާ ދީނަށް ގޮން ޖަހާ ހަޖޫ ޖަހާ އެމްޑީއެން އާ އުތެމަ ފަދަ ޖަމްއިއްޔާތަކުގެ ވެރިންނާ މެދު ފިޔަވަޅު ނާޅާ ދީނަށް ކުޑައި މީސްކަން ރައްދު ކުރާތީ އެކަމާ ދެކޮޅަށް ގެންނެވި ދީން ދެކެ ލޯބިވާ ފަތިސް ނަމާދު ޖަމާއަތުގައި ކުރައްވާ ވެރިއެއް ކަމަށް ބުނެ މ. ދިމްޔާތު ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައެވެ. އިސްލާމްދީނަށް ނަސްރު ދޭނެ ބޭފުޅަކަށް އެމަނިކުފާނު ވާނެ ކަމަށް ބުނެއެވެ.

ވެރިކަމުގެ 17 ވަނަ މަހުގެ ތެރޭގައި ނަމަވެސް މި ފެނުނީ އެކަމާ ދިމާ އިދިކީލަ މަންޒަރެކެވެ. ދީން ދިފާއުކޮށް ދީނުގެ އަސާސްތައް ކުރިއަރުވަން ދީނީ އިލްމުވެރިންގެ ތާއީދާއެކު ގެނައި ސަރުކާރު އުންބަށް ޖަހައިފިއެވެ. ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށް ވަކާލާތު ކުރި މީހުން އިސް ފަޑީގައި ތިބި ސަރުކާރުގައި ޔޯގާ ހަލާލުވެއްޖެއެވެ. ޔޯގާ ޑޭ ފާހަގަކުރި އިރު ސަރުކާރުގެ އިސްވެރިން ތިބީ ހަނެވެ. ފެންނަ ލޮލެއް ނެތެވެ. ސަރުކާރުގެ ވެރިން މިއަދު ތިބީ މަންމަން ވެފައެވެ. ޔޯގާ ހަރާމް ވެގެން ދިދަ ފަތި ހިފައިގެން ދުވި މީހުން މަޖިލިސް ގޭތެރޭގައި ތިބިއިރު މިއަދު އެކަމުގައި ބަހެއް ބުނެލވެން ނެތެވެ. ވާނީ ވެސް އެހެންތާއެވެ. އެ ތިބީ އަމިއްލައަށް އަނދަގޮނޑި ޖަހައިގެންވިއްޔާއެވެ.

ހެނދުނުގެ އެރި އިރާއެކު, ޔޯގާ ހަރަކާތް ބޭއްވުމަކީ އިރަށް އަޅުކަން ކުރުން ކަމަށް ދީނީ އެތައް އިލްމުވެރިންނެއް ސިފަކޮށްފައިވާއިރު, ނަމާދު ކުރަމުން ކުރަމުން ގޮސް ނިތްކުރީގައި ކުރަ ލާފާއި ހުންނެވި މުއިއްޒުވެސް ހުންނެވީ ހަނުއެވެ. އިސްލާމިކް މިނިސްޓަރ ޝަހީމްވެސް ހުންނެވީ ހަނުއެވެ.

އެހެންކަމުން ދީން ހަތިޔާރަކަށް ހަދާ ރައްޔިތުން ގުނބޯ ހެއްދި ނަމުން "ދީނީ ވެރިޔާ" މިއަދު "ލާދިނީ" ވީ ހެއްޔެވެ. އެކަމަކުވާއެވެ. އިންޑިއާ ދަށުވިޔަސް ތިއީ ބަޮޑު ވަރެވެ. ބުލީ ކުރަން ފުރުސަތު ތިޔަ ދެނީ ސީދާ ވެރިމީހާތާއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved