March 26, 2026
Advertisement
އާރާއި ބާރު ލިބުމުން އެމްޑީއެން ވެސް ޔޯގާވެސް އޯކޭވީތަ؟
އާރާއި ބާރު ލިބުމުން އެމްޑީއެން ވެސް ޔޯގާވެސް އޯކޭވީތަ؟ / ތޭރަގްރެފިކްސް

އާރާއި ބާރު ލިބުމުން އެމްޑީއެންވެސް ޔޯގާވެސް އޯކޭ ވީތަ؟

Mariyam Isaadha
މަރިޔަމް އިސާދާ
Jun 22, 2024, 12:29 AM
މާލެ ސިޓީ

ބަހަކީ އެ ބަހެއް ބުނުމަށްފަހު ތިމާ އޭގެ އަޅަކަށް ވެދާ އެއްޗެކެވެ. ބަހުގެ ބާރުގަދަ މިކަމުން ވެސް ހާމަވެއެވެ. އެހެންކަމުން ބަހެއް ދުލުން ބޭރުކުރުމުގެ ކުރިން ދެ ގުނަ ވިސްނަން ޖެހެނީ މި ސަބަބަށްޓަކައެވެ.

Advertisement

އާދޭހޭވެ. ކިޔުންތެރިންނަށް ފަހަރުގައި މި ދައްކަން އުޅޭ ވާހަކައާ މެދު ސުވާލު އުފެދިދާނެއެވެ. އަޅުގަޑު މި ވާހަކަ ސާފުކޮށްލަދޭނަމެވެ.

މި ދައްކަނީ އަދުގެ ސަރުކާރުގެ ވެރިންގެ ބަހާ އަމަލާ ދިމާ ނުވާ ވާހަކައެވެ. އެ ބޭފުޅުން ވެރިކަމަށް އައުމަށް ދެއްކި ހުރިހާ ވާހަކައެއް އެ ބޭފުޅުންގެ އަނގައަށް ވަދެ ހުސްވެގެން ދާ ވާހަކައެެވެ.

އެގޮތުން ވެރިކަމަށް އައުމަށް އެންމެ ގިނައިން ދެއްކި އެއް ވާހަކައަކީ އިސްލާމް ދީނަށް ތައުހީނުކޮށް ރަސޫލާ (ޞޢޥ)އަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓު ނެރުނު އެމްޑީއެންގެ ވާހަކައެވެ. އެ ޖަމްއިއްޔާގެ ވެރިން ނިމިދިިޔަ ސަރުކާރުގެ ބޮޑުންގެ ގޮތުގައި ތިބުމުން ރާއްޖޭގައި އިސްލާމްދީނަށް އޮތް އަހައްމިއްޔަތު ކުޑަވަމުންދިޔަ ވާހަކައެވެ. ދީނަށް ހުރުމަތްތެރިކޮށް ނުހިތާ ވާހަކައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ މި ލޮބުވެތި ފަސްގަނޑުން އިސްލާމްދިނުގެ ހިދާޔަތް ނެތި ހިނގައިދާނެކަމުގެ ބިރު އޮތް ވާހަކައެވެ.

ދެން އެންމެ ބޮޑަށް ނިމިދިޔަ ދައުރުގައި ފާހަގަވި އަނެއް ކަމަކީ އިސްލާމްދީނަކި އެއްކައުވަންތަ އިލާހަކަށް އަޅުކަން ކުރަން ދީނަކަށްވާއިރު ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހިންދޫއިންގެ އަޅުކަމެއް ރާއްޖޭގައި ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން މިހާރުގެ ވެރިން އޭރު ފާޅުކުރި ކުރުމެވެ.

ޔޯގާއަކީ އިރުގެ އަލީގައި ތިބެ ހިންދޫއިން އެމީހުންގެ ކަލާނގެއަށް ކުރާ ދުއާއެއްގެ ގޮތުގައި އޮންނަ ކަމަކަށްވާއިރު ނިމިދިޔަ އަހަރު ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ މެދު ހިތް ހަމަ ނުޖެހިން ފާޅުކުރި މީހުންނަކީ މިހާރުގެ ސަރުކާރުގެ ވެރިންނެވެ.

ނަމަވެސް މިއަދު އެ ބޭފުޅުންނަށް ވެރިކަން ލިބި އާރާ ބާރާ ޝާނާ ޝައުކަތާ ޖާހާ ލިބުމުން ފެނިގެން މިދަނީ މުޅިން އެހެން މަންޒަރެކެވެ.

އެމްޑީއެުން ރިޕޯޓު ނެރުނު މީހުންވެސް އޯކޭވީ މަންޒަރެވެ. ނުހައްގުން ދައުވާތައް އުފުލަމުން އައި އެމްޑީއެން ޝަމީމުވެސް އޯކޭވީ މަންޒަރެވެ. ދައުވާ ކުރުން ލަސްވެއްޖެ ކަމަށް ނައިބު ވަޒީރު ޝިއުނާ ބުނި އެމްޑީއެން ހަމީދުވެސް މިއަދު އޯކޭއެވެ. މައްސަލަތައް ނުބަލާ އެތިބެނީ އެހެންވެގެންތާއެވެ.

ޔޯގާއަކީ މިއަދު ދެ ގައުމުގެ ގުޅުން އިހުނަށްވުރެ ވަރުގަދަ ކުރަން ދެމެދުގައި އެޅުނު ފާލަމަކަށް ވެއްޖެއެވެ. އެހެނީ ޔޯގާ ދުވަސް ހުޅުމާލޭގައި ފާހަގަކުރެވުމުން ސަފީރު ވިދާޅުވީ ވަރަށްވެސް އުފާ ވެއްޖެ ކަމަށާ އިހުނަށް ވުރެވެސް ގުޅުން ރާއްޖެއާ އެކު ބަދަހު ވެގެން ދާނެ ކަމަށެވެ.

އެހެންކަމުން ކުރިން ކަމު ނުދިޔަ ހުރިހާ ކަމެއް މިއަދު ކަމުގޮސް ވެރިކަން ދިފާއުކުރުމުގައި ސަރުކާރުގެ ވެރިން މެކުހަށް ޖެހީތާއެވެ. ޔޯގާވެސް އޯކޭ ވެސް އެމްޑީއެންވެސް އޯކޭވެ މޯދީއާ ބީޖޭޕީވެސް އޯކޭވެ ކީހާ ޅެން ފަރިއްސަށްވެސް ވީތާއެވެ. މިއަދު އެމްޑީއެން ޝަމީމުއާ ޔޯގާވެސް ހުދު ކާފޫރަށް ވީތާއެވެ. ކުރާނެކަމެއް ނެތެވެ. ދައްކަވަން ހުރި ތަނެއް ދައްކުވާފައި ނޫނި ނުގެންދަވާނެތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved