March 11, 2026
Advertisement
މަގޫދު އެއާޕޯޓްގެ ވޯކިންގ ސައިޓް
މަގޫދު އެއާޕޯޓްގެ ވޯކިންގ ސައިޓް / ތޭރަ އޮންލައިން

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުރީ ފިނިހަކަ ބާރުމިނުގައި!

Aishath Naja
އައިޝަތު ނަޖާ
Jun 22, 2024, 11:06 PM
މާލެ ސިޓީ

މަޖިލިސް އިންތިޚާބްގެ ކެމްޕެއިނަށް ހުއްޓާލި ފ.މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް، ރައްޔިތުން މުޒާހަރާ ކުރުމުން ފަށައިގެން ކުރިޔަށް ގެންދަނީ ފިނިހަކަ ބާރުމިނުގައި ކަން ހާމަވެއްޖެއެވެ.

Advertisement

"ތޭރަ އޮންލައިން" އަށް މައުލޫމާތު ލިބުނުގޮތުގައި އެއާޕޯޓްގެ މަސައްކަތް ސަރުކާރުން ފެށި ނަމަވެސް މަސައްކަތް ކުރަމުން ގެންދަނީ ވަރަށް ވެސް މަޑުމަޑުންނެވެ.

އޭގެއިތުރުން އެއާޕޯޓްގެ ރަންވޭ އަޅަން ގެނެސްފައި ހުރި ހިލަ އެހެން ބޭނުމަކަށް ބޭނުންކުރަން އުޅޭކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

މަޖިލިސް އިންތިޚާބްގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އެ އަތޮޅު ނިލަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަން ނިންމުމާއެކު، ރައީސް މުއިއްްޒު ވަނީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމަށްފަހު ނިލަންދޫގައި އެއާޕޯޓް އަޅަން ނިންމަވާފައެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތް އެ ރަށު ކައުންސިލާ ވެސް މަޝްވަރާނުކޮށް ހުއްޓާލުމުން އެ ރަށުގެ ރައްޔިތުން ވަނީ 30 މާޗް ގައި މުޒާހަރާވެސް ކޮށްފައެވެ.

"ތޭރަ އޮންލައިން" އަށް މައުލޫމާތު ދެމުން މަގޫދޫ ކައުންސިލުން ވެސް ވަނީ އެއާޕޯޓްގެ މަސައްކަތް ހުއްޓާލާފައިކަމަށް ބުނެފައެވެ.

އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމަށްފަހު ނުހުއްޓާކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved