theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހަދަން ފަށާފައިވާ މަގޫދޫ އެއާޕޯޓްގެ ރަންވޭ / ސޯޝަލް މީޑިއާ
ހަބަރު
މަގޫދޫގައި ހަދާ އެއާޕޯޓްއަށް ބަޔަކު ގެއްލުންތަކެއް ދީފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
14 ޖުލައި 2025
މާލެ ސިޓީ

ފ. މަގޫދޫގައި ތަރައްގީކުރަމުންދާ އެއާޕޯޓަށް ގެއްލުން ދީ، އެ ތަނުގައި އަލިފާން ރޯކޮށްލުމަށް ބަޔަކު މަސައްކަތްކޮށްފިއެވެ.

ފުލުހުން ބުނީ 13 ޖުލައި 2025 ވަނަ ދުވަހުގެރޭ މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓްގައި އިމާރާތް ކޮށްފައިވާ އެއަރޕޯޓް ފަޔަރ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ތަޅާލާފައިވާކަމުގެ ރިޕޯޓެއް މިއަދު ހެނދުނު 07:47 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.


ފުލުހުންނަށް މިމައްސަލަ ރިޕޯޓުކޮށްފައި ވަނީ އެމްޓީސީސީ މަގޫދޫ ސައިޓުގެ ފަރާތުންނެވެ. ސައިޓުގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައި ވަނީ މިހާތަނަށް ބެލި ބެލުމުން އިމާރާތުގެ ބިއްލަޫރިތައް ތަޅާލުމާއި އަލިފާން ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާކަމަށް ބުނެފައި ވެއެވެ.

އެހެން ކަމުން މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުން ދާކަމުގައި ފުލުހުން ބުނެފައި ވެއެވެ.

މަގޫދޫ އެއާޕޯޓް މަޝްރޫއަކީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 231.5 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 19 ނޮވެމްބަރ 2022 ގައި ހަދަން ހަވާލުކޮށްފައިވާ އެއަރޕޯޓެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved