ދިވެހި ރައްޔިތުންގެ ތާއީދު މިހާރު އޮތް ޕިއެންސީގެ ސަރުކާރަށް ނެތިދާ ހިސާބުން ބަދަލު ހިފާނެކަމުގެ އިންޒާރު އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ޕީއެންސީ ހައުސްގެ ނަމުގައި ރޭ ހުޅުވި އެ ޕާޓީގެ މައި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވި ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިފަހުން ވޭތުވި ހަތް މަހުގެ ތެރޭގައި ސިޔާސީ ވިސްނުމެއްގައި ނުވަތަ މަގުސަދެއްގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި, ކުރިއަށް އޮތްތާ ވެސް އެފަދަ މަންޒަރެއް ނުފެންނާނެ ކަމަށެވެ.
ނަމަވެސް އެއީ ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތްކަމުގައި ވަނީނަމަކަން އެމަނިކުފާނުގެ ވާހަކަފުޅުން ދޭހަވެގެން ވަނީ ގޮސްފައެވެ.
އަޅުގަނޑުމެންނާއެކީ ރައްޔިތުން ތިބިހާ ދުވަހަކު މިގައުމުން ބަދަލު ހިފުމުގެ ރޫހެއް ނުފެންނާނެ
އެހެންކަމުން އެމަނިކުފާނު އެ ވިދާޅުވަނީ އެމަނިކުފާނަށް އޮތް ތާއީދު ކުޑަވެގެން ދާ މަންޒަރު ފެނި އަދި އެކަން އިހުސާސުވާ ހިސާބުން އެމަނިކުފާނުގެ އަސްލު ސޫރަ ދައްކަވާ ބަދަލު ހިފާނެ ކަމަށް ކަން ގިނަ ބަޔަކު ގެނދަނީ ބުނަމުންނެވެ.