March 11, 2026
Advertisement
ހުދު ސަމާލު
ހުދު ސަމާލު / މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް

ހއ އަތޮޅުން އިން ފެށިގެން ބ އަަތޮޅަށް ހުދު އެލާޓް ނެރެފި

Aminath Zara
އައިމިނަތު ޒާރާ
Jun 25, 2024, 01:55 AM
މާލެ ސިޓީ

ގަދަ ވަޔާއި، ގުގުރުމާއި އެކުގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު އެލާޓް މެޓް އޮފީހުން ނެރެފިއެވެ.

Advertisement

މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

މި އެލާޓް ނެރެފައިވަނީ މިރޭ 19:30 އިން މާދަމާ މެންދުރު 13:30 ގެ ނިޔަލަށެވެ.

މޫސުމް ގޯސްވެ ހިތާމަވެރި ހާދިސާތައް އަބަދުވެސް ކުރިމަތިވާތީ މޫސުމަށް ރައްކާތެރިވުމަށް ކަމާއި ބެހޭ އިދާރާތުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved