މަސްތުވާތަކެތި / ސަން
ހަބަރު
ސަރުކާރުގެ ބައެއް އިމާރާތްތަކާއެކު މާލޭގައި 50 ޑުރަގު އައްޑާ!
Aishath Naja
އައިޝަތު ނަޖާ
25 ޖޫން 2024
މާލެ ސިޓީ

ސަރުކާރުގެ އިމާރާތްތަކާއެކު މާލޭގައި މި ވަގުތު މަސްތުވާތަކެތީގެ 50 އައްޑާ އެބަހުރި ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރީޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓާރ މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިއަދު މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޑްރަގު އައްޑާތަކުގެ ތެރޭގައި ގިނައީ އާންމުންގެ ތަންތަން ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ބައެއް ފަޅު އިމާރާތްތައް ވެސް ޑްރަގު އައްޑާތަކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ފާހަގަކުރެއްވި ގޮތުގައި ޑްރަގު އައްޑާތަކުގެ ގޮތުގައި ހުރި ގިނަ ތަންތަނަކީ ފަޅު ގެތަކުގެ ގޮތުގައި ހުރި ތަންތަން ކަމަށެވެ.

އަޅުގަނޑުމެން މިތަންތަނަށް ވަދެ މިތަންތަނުގެ ވީޑިއޯތައް ނަގާ މިހާރު އެސެސްމަންޓެއް ހެދިފައި ވަނީ. ކޮބައިތޯ ޕްރައިވެޓް ޕްރޮޕަޓީސްތަކަކީ ކޮބައޮތޯ ޕްރައިވެޓް ޕްރޮޕަޓީސްތަކަކީ

- މިނިސްޓާރ އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެސެސްމަންޓުން ފާހަގަ ކުރެވުނު އިމާރާތްތައް ތަޅާލުމުގެ ހުއްދަ ލިބިފައިވާ ކަމަށާއި ޕަބްލިކް ވޯކްސްއާ އެކު މިއަދު އެކަމުގެ މަޝްވަރާތައް ކުރިޔަށް ދާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved