March 11, 2026
Advertisement
ސޯމާލިޔާގެ 3 މީހުން
ސޯމާލިޔާގެ 3 މީހުން / މޯލްޑިވްސް ޕޮލިސް ސާރވިސް

ފާޑުކިޔުން އަމާޒުވުމުން ސޯމާޅިއާ މީހުން އިމިގްރޭޝަންއާ ހަވާލުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 26, 2024, 08:17 PM
ނޫނު އަތޮޅު

ފާޑުކިޔުން އަމާޒުވުމުން، ލެއްގި ސޯމާޅިއާ މީހުން އިމިގްރޭޝަންއާ ހަވާލުކޮށްފިއެވެ.

Advertisement

ނ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ވަވަތިއަށް މިދިޔަ ހޮނިހިރު ދުވަހު ލެއްގި ޑިންގީގައި ތިބި ސޯމާލިއާ ތިން މީހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެމީހުން ފުރަތަމަ ގެންގޮސްފައި ވަނީ ނ. ހޮޅުދޫ އަށެވެ. ކައުންސިލްގެ އެހީތެރިކަމާއެކު ވަގުތީ ގޮތުން އެމީހުން ބޭތިއްބީ އެރަށުގަ އެވެ.

ސޯމާލިއާ މީހުން ހޮޅުދޫގައި މަގުމަތީގައި އުޅޭ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް، ގިނަ ފަރާތްތަކުން ވަނީ އެކަމާ ގުޅިގެން ފާޑު ކިޔާފައެވެ.

އެމީހުންނަކީ ކަނޑު ފޭރޭ ބައެއް ކަމަށް ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެފަދަ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ފުލުހުން ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. މީގެކުރިން ވެސް ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކާ އެކު ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved