March 11, 2026
Advertisement
ފަލަސްތީނު ދިދަ ހިފައިގެން މުސްލިމުންތަކެއް
ފަލަސްތީނު ދިދަ ހިފައިގެން މުސްލިމުންތަކެއް

ޚާން ޔޫނިސް އަދި ރަފާޚް އަށް އަނެއްކާވެސް ބޮމުގެ ހަމަލާތަކެެއް ދީފި

Fathmath Reem
ފާތުމަތު ރީމް
Jan 6, 2024, 04:20 PM

އިސްރާއިލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ޚާން ޔޫނިސް އަދި ރަފާހް އަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް އަނެއްކާވެސް އަމާޒުކޮށްފިއެވެ.

Advertisement


ޔަހޫދީ އިސްރާއިލުން އަންނަނީ ޣައްޒާގެ ހުރިހާ ހިސާބަކަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ. އެގޮތުން އިސްރާއިލުން ޚާން ޔޫނިސް އަދި ރަފާޙް އަށް ދިން ހަމަލާތަކުގައި 37 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.
ޝަހީދު ކޮށްލާފާވަނީ ޚާން ޔޫނިސްގައި 32 މީހަކާއި ރަފާހުގައި ފަސް މީހަކެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއިލުގެ ހަމަލާތަކުގެ ސަބަބަބުން 125 މީހުން ޝަހީދު ވެފައިވާކަމަށެވެ. އަދި 318 މީހުންނަށް އެކި ވަރަކު އަނިޔާތަކާއެކު ޒަހަމް ވެފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.

މި ހަމަލާތަކުގެ ސަބަބުން އެތައް ބައެެއްގެ ގެދޮރު ވަނީ ގެއްލިގެން ގޮއްސައެވެ. އަދި އިސްރާއިލުން މިހާރު ހަމަލާތައް ބޮޑަށް އަމާޒުކޮށްފައިވަނީ ފަލަސްތީނުގައި ގިނައން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ކަން ފާހަގަ ކޮށްލެވެއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުން އަންނަ ހަމަލާތަކުގައި މިހާތަަނަށް 22،438 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. އަދި 57،614 މީހުންނަށް އެކި ވަރުގެ އަނިޔާތަށް ލިބި ޒަޚަމްވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved