ގެވެށި އަނިޔާގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން މީޑިޔާތަކަސް ފުލުހުން ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓުކޮށްފައިވަނީ ފުވައްމުލަކު ސިޓީއިންނެވެ. އެ ސިޓީއިން ލިބުނު ރިޕޯޓަކާ ގުޅިގެން މިހާރުވަނީ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ކަމަށާއި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން ދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ގެވެށި އަނިޔާގެ މި މައްސަލައިގެ ފޮޓޯތައް ކަމަށް ބުނާ ފޮޓޯތަކެއް މީސްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އަނިޔާ ލިބުނު އަންހެން މީހާގެ މޫނަށް ވަނީ އަނިޔާގެ ސަބަބުން ގެއްލުންތަކެއް ލިބިފައެވެ.